ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހެއުވެރިކަން ދެމެހެއްޓުމަށް މޭ އައްޑަނައަކަށް ދިއްކުރަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ޕާޓީ ދެ ފެކްޝަނަކަށް ބެހި އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް ދެމުންނެެވެ. އެގޮތުން ރައީސް ސޯލިހްގެ ފެކްޝަނަށް ތާއިދު ކުރަށްވާ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވީ މިހާތަނަށް ކުރިއަށް ވަޑައިގަތީ އަނިޔާއަށް ފަސް ޖެހުމެއް ނެތި ކަމަށެވެ. އަދި "ޗިސް ޗިސް ކޮށްލިއަސް، ފިސް ފިސް ކޮށްލިއަސް "ބާޣީ" އަކަށް ވެވެން ނެތް ކަމަށް ނިހާދު ވިދާޅުވިއެވެ.
"މާތް ﷲ އިރާދަފުޅާއެކު ރައްޔިތުންގެ ހައްގުގައި ފަހަތަށް ނުޖެހި ކުރިއަށް ދާނަން، ހެއުވެރިކަން ދަމަހައްޓަން މޭ އައްޑަނައަކަށް ދިއްކުރާނަން،" ރައީސް ސޯލިހްގެ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނިހާދު ވިދާޅުވިއެވެ.
ރައީސް ސޯލިހް މިހާރު ވަނީ ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރަށްވާފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅާނީ އެޕާޓީގެ އެތެރޭގައި ބާއްވާ ރިޔާސީ ޕްރައިމަރީ އަށްފަހުއެެވެ. އެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފާޅު ކުރަށްވާފައެވެ.

Adhives bunaanan! “Chis Chis kolliyas Fis Fis kolliyas nethey Veveykah Baaghee akah”
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 28, 2022
Aniyaa ah fahathah nujehi adhaai hamayah miaiee! Maaih Allah ge Iraadhafulhaai eku Rayyithun ge haggugai fahathah nujehi Kuriyah Dhaanan! #HeyoVerikan dhamahattan mey addana akah dhih Kuraanan!
"މާތް ﷲ އިރާދަފުޅާއެކު ރައްޔިތުންގެ ހައްގުގައި ފަހަތަށް ނުޖެހި ކުރިއަށް ދާނަން، ހެއުވެރިކަން ދަމަހައްޓަން މޭ އައްޑަނައަކަށް ދިއްކުރާނަން،" ރައީސް ސޯލިހްގެ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނިހާދު ވިދާޅުވިއެވެ.
ރައީސް ސޯލިހް މިހާރު ވަނީ ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރަށްވާފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅާނީ އެޕާޓީގެ އެތެރޭގައި ބާއްވާ ރިޔާސީ ޕްރައިމަރީ އަށްފަހުއެެވެ. އެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފާޅު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު