ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓަށް ވޯޓު ނުދީ ފިލައިގެން އުޅުމަކީ އެމްޑީޕީގެ ސިފައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ފާސްކުރަން ބޭނުންވިގޮތަށް މަޖިލީހުން މިއަދު ބަޖެޓު ފާސްކޮށްފައި ވީނަމަވެސް، އެމްޑީޕީގައި ހިމެނޭ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ މެންބަރުން މި ބަޖެޓަށް ވޯޓު ދީފައެއް ނުވެއެވެ. ބަޖެޓު ބަހުސް މަރުހަލާގައި އެ މެންބަރުން ވަނީ ބަޖެޓުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކުރަށްވައި އެ ބަޖެޓަށް ވޯޓު ނުދެއްވޭނެ ކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން މޫސަ މިރޭ ވިދާޅުވީ، ބަޖެޓަކީ ރައްޔިތުންގެ ބަޖެޓެއް ކަމަށާއި އެ ބަޖެޓަށް ވޯޓު ނުދީ އުޅުމަކީ އެމްޑިޕީގެ ސިފައެއް ނޫންކަމަށެވެ. އަދި ފިލުމުގެ ބަދަލުގައި ކެރިގެން އާނ އެކޭ ނުވަތަ ނޫނެކޭ ބުނަންޖެހޭ ކަމަށް ރިކޯ ވިދާޅުވިއެވެ.
ރީކޯ އިތުރަށް ވިދާޅުވީ، ވިޕްލައިނާއި ހިލާފުވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އެ މެންބަރުންނަށް ފިޔަވަޅު އެޅިޔަސް ނުވަތަ ފިޔަވަޅެއް ނޭޅިޔަސް، އެ މެންބަރުން އިންތިހާބަކަށް ނުކުންނެވުމުން އަޅަންޖެހޭ ފިޔަވަޅު، ރައްޔިތުން އަޅާނެ ކަމަށެވެ.
ރީކޯ މިފަދައިން ވިދާޅުވިއިރު، ސަރުކާރުން ބޭނުންވިގޮތަށް ބަޖެޓު ފާސްކުރަން އެމްޑީޕީން އޮތީ ތްރީލައިން ވިޕެއް ނެރެފައެވެ. އަދި އެ ވިޕާއި ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅާނެކަމަށް ޕީޖީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާއި ހިލާފަށް ބަޖެޓަށް ވޯޓު ނުދެއްވި މެންބަރުން؛
• އަލީ އާޒިމް - މެދު ހެންވޭރު ދާއިރާ
• ހަސަން ލަތީފް - ހެންވޭރު ހުޅަނގު ދާއިރާ
• އިމްތިޔާޒް ފަހުމީ - މާފަންނު އުތުރު ދާއިރާ
• އިބްރާހިމް ރަޝީދު (ބޮންޑޭ) - މާފަންނު މެދު ދާއިރާ
• މުހައްމަދު ވަހީދު (ވައްޑޭ) - އުނގޫފާރު ދާއިރާ
• އިލްޔާސް ލަބީބް - ހުޅުދޫ ދާއިރާ
• އަހުމަދު ޒާހިރު - ގައްދޫ ދާއިރާ

ކިޔުންތެރިންގެ ހިޔާލު