ފީފާ ވޯލްޑްކަޕް 2022 ގައި މިއަދު ހަވީރު ކެމަރޫނާއި ސާބިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި މެޗުގެ ފުރަތަމަ ގޯލްޖެހީ ކެމަރޫނުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ގޯލް ޖަހައިދިނީ، ޖީން-ޗާލްސް ކަސްޓެލީޓޯއެވެ. ކެމަރޫން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސާބިއާ އިން ވަނީ ކައިރިކައިރީގައި ދެ ގޯލް ކާމިޔާބު ކޮށްފައެވެ. ސާބިއާގެ ފުރަތަމަ ގޯލް ޖަހައިދިނީ ސްޓްރަހިންޖާ ޕަވްލޮވިޗްއެވެ. އެ ގޯލް ޖެހިތާ މިނެޓެއް ފަހުން ސާބިއާ އަށް ލީޑު ނަގައިދިނީ ސާޖް މިލިންކޮވިޗް-ސަވިޗްއެވެ.

އެ ނަތީޖާގައި އޮވެ ދެވަނަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ސާބިއާއިން އިތުރު ގޯލެއް ޖަހާ ދެ ގޯލްގެ ލީޑަކަށް ބަދަލު ކޮށްލިއެވެ. މި ގޯލް ޖަހައިދިނީ، އަލެކްސަންޑަ މިޓްރޮވިޗްއެވެ.

ނަމަވެސް، ކެމަރޫނުން ވަނީ ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށް ސާބިއާއާއި އެއްވަރު ކޮށްފައެވެ. ކެމެރޫންގެ ވިންސެންޓް އަބޫބަކުރެވެ. އޭނާ އަކީ ބަދަލު ކުޅުންތެރިއެއްގެގޮތުގައި ކުޅެއް އެރި ކުޅުންތެރިއެކެވެ. ދެވަނަ ގޯލް ޖަހައިދިނީ ކެމެރޫންގެ އެރިކް ޗުޕޯ-މޯޓިންއެވެ.

މި ގްރޫޕްގެ އެއްވަނައިގައި އަދިވެސް އޮތީ ބްރެޒިލްއެވެ. ސާބިއާ އާއި ކެމަރޫނަށް ލިބުނީ އެންމެ ޕޮއިންޓެއްކަމުން އެ ދެ ޓީމުންވެސް ރައުންޑް އޮފް ސިކްސްޓީން އަށް ދާން ބޭނުންނަމަ ދެން ގުރޫޕްގައި އޮތް މެޗުތަކަށް ބަރޯސާވާން ވަނީ ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން