ވޯލްޑް ކަޕް ގެ މެޗުތަކުގެ ތެރެއިން މިއަދު ބެލްޖިއަމް ބަލިކޮށް މޮރޮކޯ ހޯދި މޮޅާއިއެކު އެންމެންގެ ލޮލުގައި އަޅައިގަތް މަންޒަރަކީ ކުޅުންތެރިއަކު ގޮސް މެޗުބަލަން ހުރި އޭނާގެ މަންމައަށް ޝުކުރު އަދާކުރި މަންޒަރެވެ.

ގިނަބައެއްގެ ލޮލުގައި އަޅައިގަތް މިމަންޒަރު މިހާރު ވަނީ މީސް މީޑިއާގައި ވައިރަލްވެފައެވެ. އަދި ބައިނަލްއަގުވާމީ ނޫސްތަކުންވެސް ދަނީ މިމަންޒަރުތައް ހިއްސާ ކުރަމުންނެވެ.

ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުގައި މިހާރު ކުރިއަށްދާ މެޗުތަކުގައި ބެލްޖިއަމް ބަލިކޮށް މޮރޮކޯ ކުރި ހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މޮރޮކޯގެ ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ އަބްދެލްހާމިދު ސަބީރީ އަދި ޒަކަރިއާ އަބޫޚްއަލްއެެވެ.

މެޗުން މޮޅުވުމާއިއެކު މޮރޮކޯ ޓީމަށް ކުޅޭ އަޝްރަފް ހަކީމީ، މެޗު ބަލަން ހުރި އޭނާގެ މަންމަ ގާތަށްގޮސް މެޗުން މޮޅުވުމުން ލިބުނު އުފަލާއި އެކު މަންމަ ގައިގައި ލޯބިން ބައްދާލައި، މަންމަގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު، މެޗުކުޅެން ލައިގެން ހުރި ޖޯޒީ މަންމަ އަށް ދީފައިވެއެވެ. އަދި އުފަލުން ރޮވިފައިހުރި އޭނާގެ މަންމަވެސް އަޝްރަފް ގައިގައި ބައްދައިި ބޮސްދޭ މަންޒަރު ފެނިގެންދިޔައެވެ.



އުމުރުން 24 އަހަރުގެ އަޝްރަފް ހަކީމީ އޭނާގެ މަންމަ އާއެކު ހޭދަކުރި މި ލޯބި މަންޒަރަށް ގިނަބައެއްގެ ތައުރީފު އޮހެމުންދާއިިރު، އަޝްރަފް ހަކީމީ އޭނާގެ މަންމައަށް ކުރާ އިޚުތިރާމަކީ އެންމެންނަށް ނަމޫނާއެއްކަމަށް ގިނަބަޔަކު ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން