ފީފާ ވޯލްޑްކަޕްގައި މޮރޮކޯ އަތުން ބަލިވެ ބެލްޖިއަމަށް އުނދަގޫ ދަތުރަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގުރޫޕް ސްޓޭޖުގައި މިހާރު ކުރިއަށްދާ މެޗުތަކުގައި ބެލްޖިއަމް ފުރަތަމަ ބައްދަލުކުރީ ކެނެޑާއާއެވެ. އެ މެޗު ބެލްޖިއަމުންވަނީ ކާމިޔާބު ކޮށްފައެވެ. އެ ހިތްހަމަޖެހުމާއިއެކު މިރޭ މޮރޮކޯއާއި ދެކޮޅަށް އެ ޓީމް ނުކުތް ނަމަވެސް، މޮރޮކޯއަތުން 2 – 0 އިން ބަލިވެ ދެވަނަ ބުރަށް ދިއުމަށް މިހާރު މިވަނީ ޕްރެޝަރާއި ކުރިމަތި ވެފައެވެ.

ދުނިޔޭގެ ރޭންކިންގައި 22 ވަނައިގައި އޮތް މޮރޮކޯއިން މިރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި އެ ޓީމުން ގޯލެއްވެސް ޖެހިއެވެ. ނަމަވެސް، ވީއޭއާރުގެ އެހީގައި ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ބޯޅައެއް ކަމަށެވެ.

ފުރަތަމަ ހާފުގައި ގޯލެއް ނުޖެހި އޮތުމަށްފަހު ދެވަނަ ހާފުގައި ބެލްޖިއަމުން ރަނގަޅަށް ކުޅެނިކޮށް މެޗުގެ 73 ވަނަ މިނެޓުގައި މޮރޮކޯއިން ގޯލެއް ޖަހައި ލީޑު ނެގިއެވެ. ހިލޭ ޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ އަބްދެލްހާމިދު ސަބީރީއެވެ.

މޮރޮކޯގެ ދެވަނަ ގޯލްޖެހީ ކައުންޓަރއެޓޭކެއްގައި ޒަކަރިއާ އަބޫޚްއަލްއެވެ. މިއީ ޒިޔެޗް ނަގައިދިން ބޯޅައަކުން އޭނާ ޖެހި ގޯލެވެ.

މި ނަތީޖާއާއިއެކު މޮރޮކޯއަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ. ގުރޫޕް ސްޓޭޖުގައި ފަހު މެޗުގައި ކެނެޑާއާ އެއްވަރުކޮށްލައިގެން ވެސް މޮރޮކޯ އަށް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ލިބިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން