ފޮޓޯ: އަލްޖަޒީރާ
ފޮޓޯ: އަލްޖަޒީރާ
މިހާރު ކުރިއަށްދާ ފީފާވޯލްޑްކަޕްގައި މިއަދު ހަވީރު ކޮސްޓަރިކާއާއި ޖަޕާން ކުޅުނު މެޗު 1 – 0 އިން ކޮސްޓަރިކާ ކާމިޔާބު ކޮށްފިއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔައިރު ގޯލަށް ނުރައްކާވާފަދަ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ ހާފު ނިމުނީ 0-0 ގައި އޮވެގެނެވެ. ދެވަނަ ހާފު ފަށައިގެން މޮޅަށް ކުޅެމުން ދިޔައީ ޖަޕާނުންނެވެ.

ނަމަވެސް، މެޗުގެ 81 ވަނަ މިނެޓުގައި ކޮސްޓާރީކާގެ ކޭޝާ ފުލާ ވަނީ ގޯލެއް ޖަހައި ލީޑު ނަގައިދީފައެވެ. ފުލާގެ މި ޝޮޓަކީ މިމެޗުގައި ވެސް އަދި މި މުބާރާތުގައި ވެސް ކޮސްޓާރީކާއިން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ޝޮޓެވެ.

ގުރޫޕް އީ ގައި ހިމެނޭ މި ދެޓީމުންކުރެ ކޮންމެޓިމެއްވެސް މީގެ ކުރިން މި މުބާރާތުގައި މެޗެއް ކުޅެފައިވެއެވެ. ކޮސްޓަރިކާގެ ފުރަތަމަ މެޗުން ބަލިވީ 7 – 0 އިންނެވެ. އެހެންކަމުން ކޮސްޓަރިކާ އޭރު އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. ނަމަވެސް، ކުރިން މޮޅެއް ހޯދާ ތިން ޕޮއިންޓް ހޯދާފައިއޮތް ޖަޕާނުއަތުން މިއަދު ކޮސްޓަރިކާ މޮޅުވުމުން އެ ޓީމަށްވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ.

ނަމަވެސް، ފައިދާ ގޯލުގެ ތަފާތުން އަދިވެސް ޖަޕާން އޮތީ ކޮސްޓަރިކާއަށްވުރެ ކުރީގައި ގުރޫޕްގެ ދެވަނައިގައެވެ. އެ ގްރޫޕްގެ އެއްވަނައިގައި އޮތީ ސްޕޭނެވެ. ކޮސްޓަރިކާ އޮތީ ތިންވަނައިގައެވެ. އަދި އެއްވެސް ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ޖަރުމަނެވެ. މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ޖަޕާނުން މި މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ ދެން އޮތް މެޗުން މޮޅުވުން ކޮންމެހެންވެސް މުހިންމުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން