ބޮލީވުޑްގެ ކާމިޔާބު ދެބަތަލާ އަދި ދެމަފިރިން ކަމަަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ފުރަތަމަ ދަރިފުޅަށް ކީނަމަށް ޖޯކު ޖަހަން ފަށައިފިއެވެ.

އާލިއާ ބަޓް އަދި ރަންބީރަށް ދަރިއަކު ލިބުނުކަން މިމަހުގެ ކުރީކޮޅު އިއުލާންކޮށްފައިވާއިރު، އިއްޔެ ވަނީ ދަރިފުޅަށް ކީ ނަން އާންމުކޮށްފައެވެ. ނަން އާންމު ކުރުމާއެކު ދެތަރިންގެ އާއިލާ، ގާތް ތިމާގެ މީހުންނާއި، ރައްޓެހިންނާއި، ގިނަ ފޭނުން ވަނީ މަރުހަބާ ކިޔާފައެވެ.

ނަމަވެސް، އާލިއާއާއި ރަންބީރުގެ ދަރިފުޅުގެ ނަމަށް ޖޯކު ޖެހި މީހުންވެސް މަދެއް ނޫނެވެ. އެގޮތުން ޖޯކު ޖެހި ގިނަބަޔަކު ވަނީ "މަޝްހޫރު މީހުން ދެން ހަމަ ކޮންމެ ފަދަ ނަމެއްވެސް އަމިއްލަ ދަރިއަށް ކިޔާފާނެ" ކަމަށް ބުނެފައެވެ. އެގޮތުން އެއްބަޔަކު ދިޔައީ އެކިކަހަލަ މީމް ހަދައި އެނަމަށް ޖޯކު ޖަހަމުންނެވެ.





އާލިއާއާއި ރަންބީރުގެ ދަރިފުޅަށް ކިޔަނީ ރަހާ ކަޕޫރެވެ. މިއީ ރަންބީރުގެ މަންމަ ދިން ނަމެއްކަމަށް އާލިއާ ބުނެފައިވެއެވެ. އާލިއާ ބުނީ "ރަހާ" މިނަމަކީ އެފްރިކާ ބައްރުގެ މަޝްހޫރު ސްވަހިލީ ބަހުންނާއި، ސާންސްކްރިތު، ބަންގްލާ އަދި އަރަބި ބަހުންވެސް ފުން މާނައެއް އެކުލެވޭ ނަމެއްކަމަށެވެ.



އާލިއާ ރަންބީރުގެ އަންހެން ދަރިފުޅު ރަހާ އުފަންވީ މިހިނގާ ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން