ރާއްޖޭގެ އިތުމާއީ ވެށި އިސްލާހު ކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ވިދާޅުވީ، އަގީދާއާއި އިޖުތިމާއީ ބަހާ ތަކަށް ބެލުމެއް ނެތި ހަމައެކަނި މުއްސަދިކަން ހޯދަން ގާއިމުކުރެވޭ ޙަޟާރަތްތައް ހަލާކުވެ ނެތި ގޮސްފައިވާކަމީ އިންސާނީ ތާރީހު ހެކިދޭ ހަގީގަތެއް ކަމަށެވެ.
އެހެންކަމުން، ރާއްޖޭގެ އިޖުތިމާއީ ވެށި އިސްލާހު ކުރުމާއި ރިވެތި އަހުލާގު އާލާކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ، ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ ކ. މާފުށީގައި އިސްލާމީ މުޖުތަމައުތަކާއި ބީރައްޓެހި އެތައް ކަންތައްތަކެއް އާންމުވެފައިވާ ކަމަށް ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެ ރަށުގައި މަސްތުވާތަކެއްޗާއި ރަލާއި، ޕާޓީ ކުރުމާއި ހަށި ވިއްކުންފަދަ ނުބައި އަމަލުތައް ވަރަށް ބޮޑަށް އާންމުވެފައިވާކަމަށް ބުނެ އެ ރަށުގެ ބައެއް މީހުންނާއި ހަވާލާދީ މިއަދުވަނީ މީޑިއާގައި ވެސް އެ ވާހަކަތައް ތިލަކޮށްފައެވެ.

ޢަޤީދާއާއި އިޖުތިމާޢީ ބަހާ ތަކަށް ބެލުމެއް ނެތި ހަމައެކަނި މުއްސަދިކަން ހޯދަން ޤާއިމުކުރެވޭ ޙަޟާރަތްތައް ހަލާކުވެ ނެތިވެ ގޮސްފައިވާކަމީ އިންސާނީ ތާރީޚު ހެކިދޭ ޙަޤީޤަތެއް. ރާއްޖޭގެ އިޖުތިމާޢީ ވެށި އިސްލާޙުކުރުމާއި ރިވެތި އަޚުލާޤު އާލާކުރަން ގިނަ މަސައްކަތްތަކެއްކުރަންޖެހޭ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 24, 2022
ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ، ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ ކ. މާފުށީގައި އިސްލާމީ މުޖުތަމައުތަކާއި ބީރައްޓެހި އެތައް ކަންތައްތަކެއް އާންމުވެފައިވާ ކަމަށް ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެ ރަށުގައި މަސްތުވާތަކެއްޗާއި ރަލާއި، ޕާޓީ ކުރުމާއި ހަށި ވިއްކުންފަދަ ނުބައި އަމަލުތައް ވަރަށް ބޮޑަށް އާންމުވެފައިވާކަމަށް ބުނެ އެ ރަށުގެ ބައެއް މީހުންނާއި ހަވާލާދީ މިއަދުވަނީ މީޑިއާގައި ވެސް އެ ވާހަކަތައް ތިލަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު