ދިވެހިރާއްޖެ ބަނގުރޫޓުވެ ރައްޔިތުން ބަނޑަށްޖެހޭނެ އެއްވެސް ހާލަތެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މިހާރު އެންމެ ބާރަށް ބަޔަކު ދައްކާ ވާހަކައަކީ ރާއްޖެ ދަރަނިވެރިވާ ކަމާއި ތެލާއި ކާބޯތަކެތި ގަންނަން ފައިސާ ނެތްވާހަކަ ކަމަށެވެ. ނަމަވެސް، އެއީ ބުހުތާން ދޮގުކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތިވެސް ރާއްޖެ ގެނެވޭނެ ކަމަށާއި މިހާރުވެސް ރިޒާވް ހަމަޖެއްސުމަށްޓަކައި 250 މިލިއަން ޑޮލަރުގެ އެހީއެއް އެބައޮތް ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައިވެސް ބަޖެޓު ސަޕޯޓުގެ ގޮތުގައި 200 މިލިއަން ޑޮލަރު އިތުރަށް ހޯދަން ސަރުކާރުން ދަނީ ބާރަށް މަސައްކަތް ކުރަމުން ކަމަށާއި އެކަން ހަމަޖެހިގެންދާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތްކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އެހެންކަމުން ރާއްޖެ ދަރަނިވެރިވެ ބަނގުރޫޓުވެ ބަނޑަށްޖެހޭނެ އެއްވެސް ހާލަތެއް ނެތް. އެއީ ބުހުތާން ދޮގުވާހަކަ. އެއްގޮތަކީ އެނގިތިބެ ގޯހުން އެ ވާހަކަ ދައްކަނީ، އަނެއްގޮތަކީ އެއްގޮތަކަށްވެސް ވާނުވާއެއް ނޭނގެނީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވާއިރު، ގައުމުގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށާއި އެކަން ސަރުކާރުން ސިއްރުކުރަމުން ދާކަމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރުންނާއި، ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ އެމްޑީޕީގެ މެންބަރުން ދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް، ސަރުކާރުން ދަނީ އެ ވާހަކަތައް ދޮގު ކުރަމުންނެވެ. ހާއްސަކޮށް މި މައުޟޫއުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވެސް ވަނީ ރައްދު ދެއްވާފައެވެ. އަމީރު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވާކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ވ

25-Nov-2022

އެކަމަކު ރައްޔިތުންއތުންނަގާގެން ކުރާކަމެއް ިިއްޔާމުރަނިއެހެންވެތިންނެއްރައްޔިތުންގެމުދާހޭދަކޮންގެނެއްނޫ ގައުމުތަކަށް ދިއުމާ ތަރައްގީގެކަންތައްކުރަނީ މިވާގޮތުއްރާޖޭގައުޅެ ޭކ ަންނެތެެްނު



ޓްރެންޑިން