މާލެއާއި ރާއްޖެތެރޭގެ ރައްޔިތުން ތަފާތުކޮށް ވާހަކަދެއްކެވިކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި އީވާ މިއަދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އައްޑޫ ޝަރީފް ވިދާޅުވީ އީވާ ހިތްހަމަނުޖެހިގެން އުޅެނީ ޒަމާނުއްސުރެ މާލެއާއި ރާއްޖެތެރޭގައި އޮންނަ ތަފާތު ކުރުމުގެ ސިޔާސަތު ރައީސް ސާލިހު ނުހިންގަވާތީީކަމަށެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ނަރުދަމާއާއި ބޯފެން އަދި ބަނދަރު ހަދާތީ އެންމެ ބޮޑަށް ހިތްޕުޅު ހަމަނުޖެހިގެން އުޅުއްވަނީ އީވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް ޝަރީފް ދެއްކެވިި ވާހަކަތައް އީވާއާއި އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވަނީ ދޮގުކުރަށްވާފައެވެ.
އީވާ ވިދާޅުވީ ޝަރީފް ދައްކަވަނީ "ބުހުތާނު ދޮގު" ވާހަކަތަކެއްކަމަށެވެ.
އީވާ ވިދާޅުވީ ބަނދަރުވެސް މުހިންމުކަމަށާއި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަންވެސް މުހިންމުކަމަށެވެ. އަދި ދައްކަވާ ވާހަކަ އެއްކޮށް އަޑު ނާއްސަވާ، ޝަރީފް އުފައްދަވަނީ "ބިރުވެރި ފިތުނައެއް" ކަމަށް އީވާ ވިދާޅުވިއެވެ.
ބަޖެޓް ކޮމިޓީގެ ރިޕޯޓްގެ ތެރެއިން މަޖިލީހުގައި ވަނީ ފޯރިގަދަ ބަހުސްތަކެއްކޮށްފައެވެ. އަދި ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާއި ސަރުކާރަށް ތާއީދުނުކުރާ އެމްޑީޕީގެ މެމްބަރުންނާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ.

Zamaanussuren onna Male aa Raajje ethere thafaathu kurumuge siyaasathu @ibusolih nuhingavaathee @evattey nuruhun faalhu kuravvaifi. Raajje thereyge rah rashuga narudhamaa aa boafen adhi badharu hadhaathee emme bodah Eva hippulhu hama nujehunee.
— Ibrahim Shareef (@AdduShareef) November 23, 2022
ނަމަވެސް ޝަރީފް ދެއްކެވިި ވާހަކަތައް އީވާއާއި އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވަނީ ދޮގުކުރަށްވާފައެވެ.
Saafukoh aduassavalevveema maa bodah saafu vaane. pic.twitter.com/p4Na5IwPRf
— Hussain Firushan 🇲🇻 (@husnfirey) November 23, 2022
އީވާ ވިދާޅުވީ ޝަރީފް ދައްކަވަނީ "ބުހުތާނު ދޮގު" ވާހަކަތަކެއްކަމަށެވެ.
އީވާ ވިދާޅުވީ ބަނދަރުވެސް މުހިންމުކަމަށާއި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަންވެސް މުހިންމުކަމަށެވެ. އަދި ދައްކަވާ ވާހަކަ އެއްކޮށް އަޑު ނާއްސަވާ، ޝަރީފް އުފައްދަވަނީ "ބިރުވެރި ފިތުނައެއް" ކަމަށް އީވާ ވިދާޅުވިއެވެ.
ބަޖެޓް ކޮމިޓީގެ ރިޕޯޓްގެ ތެރެއިން މަޖިލީހުގައި ވަނީ ފޯރިގަދަ ބަހުސްތަކެއްކޮށްފައެވެ. އަދި ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާއި ސަރުކާރަށް ތާއީދުނުކުރާ އެމްޑީޕީގެ މެމްބަރުންނާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު