ނ. ފޮއްދޫގައި ސަރުކާރުން ޤާއިމުކުރާ ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ސަރުކާރުގެ ފެންކުންފުނި، އެމް.ޑަބްލިއު.އެސް.ސީން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ކުރަމުންދާ ފޮއްދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރުމަހަށް ނިންމާލުމުގެ އުންމީދު ބޮޑުކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑެތި ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި ކަމަށެވެ.
ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތަށް ބޭނުންވާ ޕްލާންޓްތައް މިިހާރު އެރަށަށް ގެންގޮސްފައިވާއިރު ފެން އުފެއްދުމަށް ހަދާ ޕްލާންޓް ހައުސްގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ފޮއްދޫގައި އެމް.ޑަބްލިޔު.އެސް.ސީން ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 4.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމުކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 454 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

N. Fohdhoo Water & Sewerage Project: Pump station and tank erection works are in progress.#TeamMWSC #MWSCAsaasee pic.twitter.com/gZCZJTujuL
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) November 23, 2022
ފޮއްދޫގައި އެމް.ޑަބްލިޔު.އެސް.ސީން ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 4.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމުކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 454 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު