އަތޮޅުތަކުގެ ސިއްހީ ހާލަތު ތަރައްޤީކޮށް، ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން 13 ސްޕީޑް ބޯޓު ގަތުމަށް ގަލްފް ކްރާފްޓް މޯލްޑިވްސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލެވެ. އަދި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރ ކޯސްޓާސް އެލިއޯޕްލަސްއެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި ސްޕީޑް ބޯޓުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލްތައް ގެންދިއުމަށާއި، މިނިސްޓްރީން ކުރިއަށްގެންދާ ތަފާތު އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް ކަމަށެވެ. އަދި އިމަރޖެންސީ ޙާލަތުގައި ބަލިމީހުން އުފުލުމަށް ކަމަށެވެ.
ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މިވަގުތު ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތް ރަށްރަށުންނާއި ބައެއް ޓެސްޓުތައް ނެހެދޭ ލެބޯޓްރީތަކުން ސާމްޕަލް އުފުލުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ރީޖަނަލް ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮަށް ސްޕެޝަލިސްޓުންގެ ޚިދުމަތާއި އެނޫންވެސް ޚިދުމަތްތަކާއެކު އައުޓް ރީޗް ޕްރޮގްރާމްތައް އަތޮޅުތަކުގައި ފުޅާކުރެވިގެންދާނެކަމަށްވެސް އާދިލް ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީއާއި ގަލްފް ކްރާފްޓް މޯލްޑިވްސްއާދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މި 13 ސްޕީޑް ބޯޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.
މި 13 ސްޕީޑް ބޯޓު ގަތުމަށް ޖުމްލަ 31 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މި ސްޕީޑް ބޯޓުތައް ގަތުމުގެ މަސައްކަތް ކުރަނީ ވޯލްޑް ބޭންކާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު، އޭ.އައި.އައި.ބީގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް ކޯވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަރޑްނަސް ޕްރޮޖެކްޓުގެ ދަށުންނެވެ.

Contract signed between MOH & @GulfCraftMv to procure 13 speedboats under Maldives COVID-19 Emergency Response and Health Systems preparedness project funded by @WorldBank @AIIB_Official pic.twitter.com/wxw1MUXbVH
— Ministry of Health (@MoHmv) November 23, 2022
ހެލްތު މިނިސްޓްރީއާއި ގަލްފް ކްރާފްޓް މޯލްޑިވްސްއާދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މި 13 ސްޕީޑް ބޯޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.
މި 13 ސްޕީޑް ބޯޓު ގަތުމަށް ޖުމްލަ 31 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މި ސްޕީޑް ބޯޓުތައް ގަތުމުގެ މަސައްކަތް ކުރަނީ ވޯލްޑް ބޭންކާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު، އޭ.އައި.އައި.ބީގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް ކޯވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަރޑްނަސް ޕްރޮޖެކްޓުގެ ދަށުންނެވެ.
ކިޔުންތެރިންގެ ހިޔާލު