އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ވަކާލާތުކުރަމުންދަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަންކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ކުރިއަށްދާ ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ޔައުގޫބް ވިދާޅުވީ ބަޖެޓަށް ބަހުސްކުރައްވާއިރު އިދިކޮޅު ފަރާތްތަކުން އެންމެ ގަދައަށް ދައްކަމުންދަނީ ދައުލަތުގެ ރިކަރަންޓް ހަރަދު ބޮޑުކަމުގެ ވާހަކަކަމަށެވެ. ނަމަވެސް ރިކަރަންޓް ހަރަދު ބޮޑުވާ ވާހަކަ ދައްކާއިރު، ރިކަރަންޓް ހަރަދުގެ ބޮޑު ބައެއް ހަރަދުވަނީ މުވައްޒަފުންގެ މުސާރައަށްކަން ޔައުގޫބް ވިދާޅުވިއެވެ.
އެހެންކަމުން މާދަމާވެސް ޕީޕީއެމަށް ވެރިކަން ލިބިއްޖެނަމަ މުވައްޒަފުންގެ މުސާރަ ކުޑަކުރާނެކަމަށް އެ ބޭފުޅުން ވަކާލާތު ކުރައްވަމުންދާކަމަށް ޔައުގޫބް ވިދާޅުވިއެވެ.
"އިދިކޮޅު މެމްބަރުން އެ ވިދާޅުވަނީ މުސާރަތައް ކުޑަކުރަން. ސަރުކާރުން މުވައްޒަފުން ވިސްނަންވީ ކަމަކީ މާދަމާވެސް ޕީޕީއެމް ވެރިކަމަށް އައިސްފިނަމަ އެ މީހުންގެ މުސާރަ ކުޑަކުރާ ވާހަކަ ސީދާ ގޮތަށްވެސް ނުސީދާގޮތަށްވެސް އެ ބުނަނީ." ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށްފިކަމަށާއި އަދި ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރާނެކަމަށެވެ. މިއީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާކަމެއްކަމަށާއި، މިކަންކަމުން ރިކަރަންޓް ހަރަދު ބޮޑުވުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ޔައުގޫބް ވިދާޅުވީ ދަރަނީގެ ވާހަކަ ދައްކާއިރު، ރަނގަޅު އިޤްތިސާދީ ހާލަތެއްގައި އޮތްވާ ޕީޕީއެމުން 39 ބިލިއަން ރުފިޔާގެ ދަރަނި ނެގިކަމަށެވެ. އަދި އެއީ ދުވާލަކަށް 21 މިލިއަން ރުފިޔާކަމަށްވެސް ޔައުގޫބް ފާހަގަކުރެއްވިއެވެ.
ޔައުގޫބް ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރާށޭ ކިޔާފައި ފަރުދާގެ ފަހަތުގައި ތިބެގެން ބައެއް ބޭފުޅުން ކުރައްވާ މަސައްކަތަކީ ހަރަދު ބޮޑުކުރުމުގެ މަސައްކަތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު