މަސައްކަތު ގަޑިތަކުގައި ޕޯސްޓުގެ ޚިދުމަތް ހޯދުމަށް އެކި ސަބަބުތަކާހުރެ ޕޯސްޓަށް ޒިޔާރަތް ނުކުރެވޭ ކަސްޓަމަރުންނަށް ވެލާނާގޭގައި ހުންނަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޕޯސްޓް ޝޮޕުން ހެދުނު 08:00 އިން ރޭގަނޑު 22:00 އަށް ޕޯސްޓްގެ ޚިދުމަތް ލިބޭނެ ކަމަށް ޕޯސްޓް ލިމިޓެޑުން ހާމަކޮށްފިއެވެ.
ވެލާނާގޭގައި ހުންނަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޕޯސްޓް ޝޮޕުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ރެޖިސްޓާރޑް، އޯޑިނަރީ އަދި އީއެމްއެސްގެ ޚިދުމަތް ހިމެނެއެވެ. މީގެ އިތުރުން ޑޮމެސްޓިކް މެއިލްގެ ހިދުމަތް ވެސް އެތަނުން ފޯރުކޮށްދެއެވެ.
އެކްސްޕްރެސް މެއިލް ގެ ޚިދުމަތް ނުވަތަ އީއެމްއެސް އަކީ ރާއްޖެއިން ބޭރަށް ޕެކޭޖް ޕޯސްޓް ކުރުމަށް އިތުބާރު ކުރެވޭ، އަވަސް އަދި ހަރަދު ކުޑަ ޕޯސްޓަލް ޚިދުމަތެކެވެ. އީއެމްއެސް ޕޯސްޓުގެ މަންޒިލްތަކުގެ ތެރޭގައި އެމެރިކާ، ނޭޕާލް މެލޭޝިއާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ޖަޕާން، ސިންގަޕޫރު، ޔޫއޭއީ، އިންޑިއާ އަދި ޗައިނާ ވެސް ހިމެނެއެވެ.
އީއެމްއެސް މެދުވެރިކޮށް ފޮނުވާ އައިޓަމްތައް ރަސްމީ ތިނެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ފޮނުވޭނެއެވެ. މި ހިދުމަތް ހޯދާފަރާތްތަކަށް ޓްރެކިންގެ ޒަރިއްޔާއިން އައިޓަމްގެ އަޕްޑޭޓް ބަލާލެވޭނެއެވެ.
މިފަދައިން ޕޯސްޓު ކުރާ ތަކެތި ޕެކިން ސްޓޭންޑަޑާއި އެއްގޮތަށް ރަނގަޅަށް ޕެކްކުރެއްވުމަށް ޕޯސްޓު ލިމިޓެޑުން އިލްތިމާސް ކުރެއެވެ. ޕޯސްޓު ކުރާ ތަކެތީގެތެރޭގައި ހިމެނޭ ކާބޯތަކެތީގެ ކޮންމެ ބާވަތެއްވެސް ރަނގަޅަށް ޕެކްކުރުމުގެ އިތުރުން، އެޕެކޭޖިންގައި ހިމެނޭ އިންގްރިޑިއަންޓް ލިސްޓު ފާހަގަކުރުމަށްވެސް ޕޯސްޓުން ކަސްޓަމަރުންނަށް އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، އީއެމްއެސް އަދި ޑޮމެސްޓިކް މެއިލް މެދުވެރިކޮށް ޕޯސްޓު ކުރަން ބޭނުންވާ ތަކެއްޗަށް އަރާނެ ޕޯސްޓޭޖް ފީ ޔަގީންކޮށްލުމަށް ޕޯސްޓް ވެބްސައިޓްގައިވާ ޕޯސްޓޭޖް ކެލްކިއުލޭޓަރު މެދުވެރިކޮށް ޕޯސްޓޭޖް ފީ އަންދާޒާ ކޮށްލެވޭނެ ކަމަށް ޕޯސްޓް އޮފީހުން މައުލޫމާތު ދެއެވެ. މީގެއިތުރުން އީއެމްއެސް މެދުވެރިކޮށް ތަކެތި ޕޯސްޓު ކުރެވޭނެ ގައުމުތަކުގެ މަޢުލޫމާތުވެސް މޯލްޑިވްސް ޕޯސްޓް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެއޮފީހުން ބުނެފައި ވެއެވެ.
ޕޯސްޓް ލިމިޓެޑުން ދެމުންދާ ޚިދުމަތްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް، ޕޯސްޓުގެ ފޭސްބުކް ޕޭޖާއި، ޕޯސްޓުގެ ކޯލް ސެންޓަރާއި، އީމެއިލްގެ އިތުރުން މޯލްޑިވްސް ޕޯސްޓުގެ ވެބް ސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް އެފަރާތުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު