މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފެނަކަ ކޯޕަރޭޝަނަށް ރައްޔިތުން މާބޮޑު އިތުބާރެއް ނުކުރާކަމަށާއި، ނަމަވެސް މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ފެނަކައާމެދު ރައްޔިތުންގެ އިތުބާރު ޤާއިމްކޮށްފައިވާކަމަށް އެކޯރޕަރޭޝަންގެ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރު ޙަވާލުވިއިރު ފެނަކައިން ދެމުންދިޔަ ޚިދުމަތްތަކަކީ ރައްޔިތުން މާބޮޑު އިތުބާރެއް އޮތް ޚިދުމަތްތަކަށް ހެދީ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުން ގެނެސްގެންކަމަށެވެ.
އެހެންނަމަވެސް ފާއިތުވި 4 އަހަރުގެ ތެރޭގައި ކުންފުންޏަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ރައްޔިތުންގެ އިތުބާރު ހޯދާ، ރައްޔިތުން އެތައް ޒަމާނެއްވަންދެން އުފުލަމުންދިޔަ ތަކުލީފަށް ލުއިތަކެއް ގެނެވުންކަން ސަޢީދު ފާހަގަކުރެއްވިއެވެ. އަދި މިއީ މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ލިބެމުންދާ ކުރިއެރުންތަކެއްކަމަށްވެސް ސަަޢީދު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ މިންގަނޑަށް ހިސާބުކިތާބު ބެލި، އަޅުގަނޑުމެން މިކުރަނީ ކޮންކަމެއްކަން، ވަނީ ކީއްކަން އެނގި ފެނި، ވަރަށް ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން އަޅުގަޑުމެންނަށް ކުންފުނި ހިންގުން." ސަޢީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ފެނަކަ ކޯރޕަރޭޝަންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ފާއިތުވި 4 އަހަރުގެ ތެރޭގައި 2 ބިލިއަނަށްވުރެ ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. އަދި ފެނަކައިން އަތޮޅުތެރޭގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ފާއިތުވި 4 އަހަރުގެ ތެރޭގައި ޙާލަތު ދަށް 65 އިންޖީނުގެއެއް، ޒަމާނީ ފެންވަރަށް ވަނީ ތަރައްޤީކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ފެނަކައިން މިވަގުތުވެސް އަންނަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 150 އަށްވުރެ ގިނަ ރަށުގައި ޚިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ ރަށްތައް ހިމެނެއެވެ.
އައު އޮފީސް އިމާރާތްތައް އެޅުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ. އެގޮތުން 42 އޮފީސް އިމާރާތެއްގެ މަސައްކަތް ނިމިފައިވާއިރު، 70 އޮފީސް އިމާރާތެއްގެ މަސައްކަތް މިވަގުތުވެސް ހިނގަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު