ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީގެ ރޭޓުތަކަށް އަންނަ ޖެނުއަރީ މަހުން ފެށިގެން އަންނަ ބަދަލުތަކަށް ވިޔަފާރިވެރިން ސަމާލުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިިން އިލްތިމާޒްކޮށްފިއެވެ.
އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓް 16 އިންސައްތައަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ރޭޓް 8 އިންސައްތައަށް ބަދަލުވާނެއެވެ.
މީރާއިން ބުނީ އެ ތާރީޚުގެ ފަހުން ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު އަންނަ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ނަގަންޖެހޭނީ އައު ރޭޓުތަކުގައިކަމަށެވެ.
އެގޮތުން ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، 1 ޖެނުއަރީ 2023 ގެ 00:00 ގެ ކުރިން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ 12 އިންސައްތަ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ 6 އިންސައްތައިގެ ރޭޓުންނެވެ.
އަދި 1 ޖަނަވަރީ 2023 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ 16 އިންސައްތަ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތައްނަމަ 8 އިންސައްތައިގެ ރޭޓުންނެވެ. އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ 1 ޖަނަވަރީ 2023 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެންކަމަށްވެސް މީރާއިން ބުނެއެވެ.
1 ޖަނަވަރީ 2023 އިން ފެށިގެން އައު ރޭޓުތަކުގައި ޖީ.އެސް.ޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފައެވެ.

Circular regarding the new GST rates is now available on our website: https://t.co/uvyoyWvOoXhttps://t.co/U0k1i658TU pic.twitter.com/rjLeMFOP3E
— Maldives Inland Revenue Authority (@MIRAmaldives) November 22, 2022
1 ޖަނަވަރީ 2023 އިން ފެށިގެން އައު ރޭޓުތަކުގައި ޖީ.އެސް.ޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު