ދައުލަތަށް މިއަަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 16 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް، ނުވަތަ ޓީޖީއެސްޓީންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 23.6 ބިލިއަން ރުފިޔާއެވެ. އޭގެތެރެއިން 16.9 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އަދި 6.5 ބިލިއަން ރުފިޔާއަކީ ޓެކްސް ނޫން އާމްދަނީއެވެ.
ޓެކްސްގެ ގޮތުގައި ލިބިފައިވާ 16.9 ބިލިއަން ރުފިޔާގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުަގައި 5.5 ބިލިއަން ރުފިޔާ އަދި ޖީއެސްޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.
އެހެން ޓެކްސްތަކަށް ބަލާއިރު، ގްރީން ޓެކްސްގެ ގޮތުގައި 831 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 704 މިލިއަން ރުފިޔާ، އިންކަމް ޓެކްސް 298 މިލިއަން ރުފިޔާ އަދި ވިތު ހޯލްޑިންގ ޓެކްސްގެ ގޮތުގައި 807 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެތެރޭގައި އެކިއެކި ފީ އާއި ޗާޖުގެ ގޮތުގައި ލިބިފައިވާ 2.4 ބިލިއަން ރުފިޔާ ހިމެނެއެވެ.
ދައުލަތުގެ ހަރަދަށް ބަލާއިރު ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޖުމްލަ 32.2 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެތެރެއިން 23.6 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އަދި 8.5 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ.
ރިކަރަންްޓް ހަރަދުގެ ތެރެއިން އެންެމެ ބޮޑު ބައެއް ހަރަދުކޮށްފައިވަނީ ސަރުކާރުގެ އިދާރީ ހިންގުމަށާއި މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު