3 ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ފަތްކޮޅު އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކް، އަލްޖީރިއާ އަދި ނެދަލެންޑްސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި ސަފީރުންނެވެ.
ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަކީ ޑޭވިޑް އިމަނުއެލް ޕުސް ބަޗަލްއެވެ. އަލްޖީރިއާއިން ކަނޑައެޅި އައު ސަފީރަކީ އަބްދުއްރަހްމަނީ ބެންގުއެރާއެވެ. ނެދަލޭންޑްސްއިން ކަނޑައެޅި ސަފީރަކީ ބޮންނީ ހޯބަޗްއެވެ.
ފަތްކޮޅު އެރުވުމަށްފަހު ރައީސުލްޖުމްހުރިއްޔާ ވަނީ 3 ބޭފުޅުންނާއި ވަކިވަކިން ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވާފައެވެ.
އެގޮތުން ޑޮމިނިކަން ރިޕަބްލިކްގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށް ދެ ޤައުމުގެ ދެމެދު އޮތް ބަދަހިގުޅުމަށް 12 އަހަރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ސަފީރާ ރައިސުލްޖުމްހޫރިއްޔާ ވަނީ ދެމެހެއްޓެނިވި ގޮތްތަކަށް ފަތުރުވެރިކަން ކުރިއެރުވުމާއި، ތިމާވެށީގެ ދާއިރާއާއި ކާރިސާތަކަށް ވިލުންތެރިކަން އިތުރުކުރުންފަދަ ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އެއްބާރުލުންއިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި ކުރިމަގުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އަލްޖީރިޔާގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްޖީރިޔާއާ ދިވެހިރާއްޖެއަކީ އިސްލާމީ ސަޤާފަތާއި އާދަކާދައިގެ ގޮތުންވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ އަދި ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމަށް ދެއްވާ އިސްކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދެޤައުމުގެ ދެމެދު އޮންނަ ތާރީޚީ ބަދަހިގުޅުން ފާހަގަކުރައްވައި ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާ އަލްޖީރިޔާގެ ސަފީރާ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައިވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި ވެސް އިތުރަށް ގުޅުން ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.
ދިވެހިރާއްޖެއާ އަލްޖީރިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1988 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު