2012 ގައި ގެނައި ފަދަ ބަޣާވާތެެއް ގެންނަން ބަޔަކު މަސައްކަތްކުރާކަމަށް ދޭހަވާ ގޮތަށް މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލިއިރު، އެ ބަޣާވާތަށް ތައްޔާރުވުމުގެ ގޮތުން އެހަރަކާތް ހިންގި މީހުން ދިޔައީ ރައްޔިތުންނަށް އޮޅުވާލުމަށް ވާހަކަދައްކަމުން ކަމަށެވެ.
"ފުރަތަމަ ރައްޔިތުންނަށް ވިސްނައި ދިނީ ޑޮލަރު ދަތިވަނީ ރައްޔިތުން ހަނާވަނީ." މޫސަ ވިދާޅުވިއެވެ.
ރީކޯ ވިދާޅުވިީ މިފަހަރު ބަޣާވާތަށް ދޮންކޮށްގެން ތިބި މީހުންވެސް ހަމަ "އެލަވަ" ކިޔަމުންދާ ކަމަށެވެ.
"ޑޮލަރު ހުސްވީ, ރާއްޖެ ބަނގުރޫޓުވީ؟ އެނގިދާނެތާ!" ދާދިފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ރިކޯ މޫސާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ބަޣާވާތަކީ ކޮންމެ ބަޔަކު ކުރިޔަސް ޤާނޫނީ ސަރުކާރަކާއި ދެކޮޅަށް ތެދުވެ ވެރިކަން ވައްޓާލުންކަމަށެވެ. އަދި އެމްޑީޕީގެ މާޒީއަށް ބަލާއިރު އެތެރެއާއި ބޭރުން އެކަން އޮތީ ހިންގާފައިކަމަށްވެސް މޫސަ ވިދާޅުވިއެވެ.
"ޕާޓީގެ ބަޔަކު ކުރިޔަސް އެހެންބަޔަކު ކުރިޔަސް ބަޣާވާތަށް އެމްޑީޕީ މެމްބަރުން ބުނާނީ ނޫނެކޭ. ދެނެއް އެކަމެއް ނުހިންގޭނެ." މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދު އިއްޔެ މަޖިލީހުގައި ރާއްޖެ ބަނގުރުޓްވާކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމުންނެވެ. ރައިސް ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

2011ގަ ބަޣަވާތައް ތައްޔާރުވުމުގެ ގޮތުން އެހަރަކާތް ހިންގި މީހުން ފުރތަމަ ރައްޔަތުންނަށް ވިސްނާދިނި ޑޮލަރު ދަތިވަނީ ރައްޔަތުން ހަނާވަނީ
— Moosa Maniku (Reeko) (@ReekoMoosa) November 22, 2022
މިފަހަރު ބަޣާވާތަށް ދޮންކޮށްގެންތިބި މީހުންވެސް ހަމަ އެލަވަ،ޑޮލަރު ހުސްވީ ރާއްޖެ ބަނގުރޫޓުވީ؟ އެނގިދާނެތާ!
ރީކޯ ވިދާޅުވިީ މިފަހަރު ބަޣާވާތަށް ދޮންކޮށްގެން ތިބި މީހުންވެސް ހަމަ "އެލަވަ" ކިޔަމުންދާ ކަމަށެވެ.
"ޑޮލަރު ހުސްވީ, ރާއްޖެ ބަނގުރޫޓުވީ؟ އެނގިދާނެތާ!" ދާދިފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ރިކޯ މޫސާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ބަޣާވާތަކީ ކޮންމެ ބަޔަކު ކުރިޔަސް ޤާނޫނީ ސަރުކާރަކާއި ދެކޮޅަށް ތެދުވެ ވެރިކަން ވައްޓާލުންކަމަށެވެ. އަދި އެމްޑީޕީގެ މާޒީއަށް ބަލާއިރު އެތެރެއާއި ބޭރުން އެކަން އޮތީ ހިންގާފައިކަމަށްވެސް މޫސަ ވިދާޅުވިއެވެ.
"ޕާޓީގެ ބަޔަކު ކުރިޔަސް އެހެންބަޔަކު ކުރިޔަސް ބަޣާވާތަށް އެމްޑީޕީ މެމްބަރުން ބުނާނީ ނޫނެކޭ. ދެނެއް އެކަމެއް ނުހިންގޭނެ." މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދު އިއްޔެ މަޖިލީހުގައި ރާއްޖެ ބަނގުރުޓްވާކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމުންނެވެ. ރައިސް ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު