ފެނާއި ނަރުދަމާ އަޅައިގެން ގައުމު ބަނގުރޫޓު ނުވާނެކަމަށް އިގުތިސާދު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ފެނާއި ނަރުދަމާ އަޅައިގެން ގައުމު ބަނގުރޫޓު ނުވާނެކަމަށް ނަފާ ނަސީމް ވިދާޅުވެފައި މިވަނީ ރާއްޖެ ބަނގުރޫޓްވާކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދު ވާހަކަތަކެއް ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

ނަފާ ނަސީމް ވިދާޅުވީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު މިގައުމަށް ވީ ބޮޑު ގެއްލުން ވީ ސިޔާސީ ހަލަބޮލިކަމާއި ވެރިކަމާ ތޮޅުމުގެ ސަބަބުންކަމަށެވެ. އަދި މާލެއާއި ރާއްޖެ ތެރޭގައި ހަދާ މަގާއި ފެނާއި ނަރުދަމާއިން މިގައުމު ބަނގުރޫޓު ނުވާނެކަމަށާއި، ދުވަހަކުކޮޅުންވެސް މިގައުމު ބަނގުރޫޓުވިއްޔާ ވާނީ ސިޔާސީ ދުޝްމަނުންގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.



ނަފާ ނަސީމް ވިދާޅުވީ އެއްސަރުކާރުގެ ފެއިލިއަރއަކީ އަނެއް ސަރުކާރުގެ ކާމިޔާބެއް ނޫންކަމަށެވެ. އަދި އެއްލީޑަރުގެ ފެއިލިއަރ އަކީ އަނެއް ލީޑަރުގެ ކާމިޔާބެއް ވެސް ނޫންކަމަށާއި ސިޔާސީ ދުޝްމިންކަމުން ކާމިޔާބެއް ނުލިބޭނެކަމަށެވެ. އަދި ލިބޭނީ ހިތްދަތިކަންކަމަށާއި ސިޔާސީ ދުޝްމަން ބަލިކުރަން ގައުމު ހަތިޔާރަކަށް ހަދައިގެން ނުވާނެކަމަށްވެސް ނަފާ ނަސީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު