ބަޖެޓަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް މުހިންމު އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށް އެކުލަވާލެވުނު ބަޖެޓެއްކަން ވަކި ކޮޅަކަށް ނުޖެހި ހުރި ކޮންމެ މީހަކަށްވެސް ސާފުވާނެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓާއިމެދު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމަށް ރައްދު ދެއްވަމުންނެެވެ. އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބަޖެޓު އެކުލަވާލެވިފައިވަނީ އެންމެ އެކަށީގެންވާ ގޮތެއްގެމަތިންކަމަށެވެ. އަދި ބަޖެޓުގައި މައްސަލަތަކެއް ހުރިކަމަށް ފެނިގެންދަނީ ވަކި ކޮޅަކަށް ޖެހިގެން ތިބި މީހުންނަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ 2023ގެ ބަޖެޓުގެ މަގުސަދަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު އިންފްރާސްޓްރަކްޗާގެ ކަންކަން ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުންކަމަށެވެ. އަދި އޭގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުންތަކަށް މަގުކޮށި، ގައުމުގެ މަސައްކަތްތެރިކަން އިތުރުވެގެންދާނެކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ބިނާ ކުރުމަށް ކަނޑައެޅިފައިވާ މުހިންމު އިންފްރާސްޓްރަކްޗާ އަކީ ގައުމުގެ މަސައްކަތްތެރިކަން އިތުރުކޮށް އިގުތިސާދު އާރާސްތުކުރުމުގައި ރޯލެއް އަދާކުރާނެ ކަންކަން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދާއިރާތައް ފުޅާވެ ވިޔަފާރިތަކަށް ފުރުސަތު ފަހިވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ ދިވެހި އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރުވެސް އިތުރުވެގެންދާނެކަން ޝަރީފް ފާހަގަކުރެއްވިއެވެެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ފާސްކުރީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

Any unbiased person can see that #Budget2023 aims to build critical infrastructure in various parts of the country a priority which can pave the way for sustainable development n expand productivity across the country possible @iameeru @faya_i @ibusolih
— Ibrahim Shareef (@AdduShareef) November 22, 2022
ޝަރީފް ވިދާޅުވީ 2023ގެ ބަޖެޓުގެ މަގުސަދަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު އިންފްރާސްޓްރަކްޗާގެ ކަންކަން ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުންކަމަށެވެ. އަދި އޭގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުންތަކަށް މަގުކޮށި، ގައުމުގެ މަސައްކަތްތެރިކަން އިތުރުވެގެންދާނެކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ބިނާ ކުރުމަށް ކަނޑައެޅިފައިވާ މުހިންމު އިންފްރާސްޓްރަކްޗާ އަކީ ގައުމުގެ މަސައްކަތްތެރިކަން އިތުރުކޮށް އިގުތިސާދު އާރާސްތުކުރުމުގައި ރޯލެއް އަދާކުރާނެ ކަންކަން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދާއިރާތައް ފުޅާވެ ވިޔަފާރިތަކަށް ފުރުސަތު ފަހިވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ ދިވެހި އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރުވެސް އިތުރުވެގެންދާނެކަން ޝަރީފް ފާހަގަކުރެއްވިއެވެެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ފާސްކުރީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު