ފުލުހުންގެ ހައްޔަރުގައި ހުއްޓާ މިދިޔަމަހުގެ 25 ވަނަ ދުވަހު މަރުވި ގދ. ހޯނޑެއްދޫ އުމުރުން 43 އަހަރުގެ ޢަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓް ހާމަކުރާނީ ތަހުގީގު ފުރިހަމަވުމުންކަމަަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ހާމަކޮށްފިއެވެ.
އެކޮމިޝަނުން މިކަން ހާމަކޮށްފައި ވަނީ ޢަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ނުލިބޭކަމަށް ބުނެ އޭނާގެ އާއިލާއިން ވާހަކަ ދައްކާފައިވަނިކޮށެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަމުން އެންއައިސީގެ އޮފިޝަލަކު ވިދާޅުވީ ޕޯސްޓްމޯޓަމްގެ ފައިނަލް ރިޕޯޓް ނުލިބުނު ނަމަވެސް މިހާރު ވަނީ ޕޯސްޓްމޯޓަމްގެ ރިޕޯޓެއް އެންއައިސީއަށް ލިބިފައިކަމަށެވެ. އަދި މައްސަލައިގެ ތަހުގީގް ކުރިއަށްދާތީ މިހާރު ލިބިފައި އޮތް ޕޯސްޓްމޯޓަމް ރިޕޯޓް ހާމަކުރެވެން ނެތްކަމަށް އޮފިޝަލް ވިދާޅުވި އެވެ. މީގެއިތުރުން މިމައްސަލައަކީ ތަހުގީގް ކުރިއަށްދާ މައްސަލައަކަށްވުމުން، ތަހުގީގާއި ގުޅޭމާބޮޑު ތަފްސީލެއްވެސް އެންއައިސީން ދީފައެއް ނުވެއެވެ.
މިދިޔަ އޮކްޓޯބަރު މަހު ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުގައި ހުއްޓާ ޢަބްދުﷲ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރާތީ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.
ޕޯސްޓްމޯޓަމަށްފަހު ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާ ބާއްވާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު