ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރުޓީއެލް ފެރީ ޚިދުމަތަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފަށައިފިއެވެ.
އެމްޓީސީސީން ބުނީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅުގައި ފެރީއަށް އަހުލުވެރިކުރުވުމުގެ ދަތުރުތައް އިއްޔެ ފަށާފައިވާކަމަށެވެ. އަހުލުވެރިކުރުވުމުގެ ދަތުރުތައް ނޮވެމްބަރު 21 އިން 27 އަށް ކުރާއިރު މިމުއްދަތުގައި އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދޭން ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާ އެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ. މި މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދުމަށް ގުޅާނީ އެ ރަށެއްގެ ރަށު ކައުންސިލަށްކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
އެމްޓީސީސީން ބުނީ ޒޯން 2 ގެ ޅ. އަތޮޅުގެ އާރް.ޓީ.އެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، 2 އާރް.ޓީ.އެލް ސްޕީޑް ފެރީ މެދުވެރިކޮށް 3 ރޫޓަކުން ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީން މިހާތަނަށް އާރުޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ހއ. އަދި ހދ. ގެ އިތުރުން ށ. އަތޮޅުގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު