ރާއްޖޭގެ އެތެރޭގެ އުދުންހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުންކުރެވޭނެ އެންމެފަހު ތާރީޚު ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓަރ ޖެނެރަލް އޮފް އޭވިއޭޝަން ސެކިއުރިޓީ ރާއްޖޭގެ އެއަރޕޯޓް އޮޕަރޭޓަރުންނާއި، ލޯކަލް އެއަރލައިން އޮޕަރޭޓަރުންނާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ފޮނުވި ސަރކިއުލަރގައި ބުނީ މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓްތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭނެ އެންމެފަހު ތާރީޚަކީ ފެބްރުއަރީމަހުގެ 22 ވަނަ ދުވަސްކަމަށެވެ.
އެ ތާރީޚުގެ ފަހުން އެތެރޭގެ އުދުހުންތަކުގައި ކާކުކަން ދެނެގަތުމަށްޓަކާ ބަލައި ގަންނަންވާނީ މުއްދަތު ހަމަނުވާ ލިޔެކިޔުންތައް ކަމަށް އެ ސަރކިއުލަރގައިވެއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބައެއް ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައިވީނަމަވެސް، އޭގައި ހިމެނޭ މަޢުލޫމާތު ސާފުކޮށް އެނގޭނަމަ ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުން އެއަރލައިން ޓިކެޓް ގަތުމަށާއި، އެއަރލައިނަށް ޗެކް-އިން ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށްޓަކާ އެލިޔެކިޔުންތައް ބޭނުންކުރެވޭގޮތަށް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ވަނީ ހަމަޖައްސާފައެވެ.
އެގޮތުން މުއްދަތު ހަމަވެފައިވާ އައިޑީ ކަރޑް، ޕާސްޕޯޓް، ވަރކް ވިސާ ކަރޑް، ލައިސަންސް ކަރޑް، އެއަރޕޯޓް ސެކިއުރުޓީ ފާސް އަދި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކަރޑް ނަންބަރުޖެހި ރަސްމީ ލިޔުން ބޭނުންކޮށްގެންވެސް އެތެރޭގެ ދަތުރުތައް ކުރެވޭނެގޮތް އޭރު ވަނީ ފަހިކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު