އެމްޓީސީސީން ދެމުން އަންނަ އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ބޭނުންކުރާ ބަސްތަކާއި ފެރީތަކުގެ ސީޓްތަކުގައި ބައެއް މީހުން ބޭދައަބީ ލިޔުންތަކާއި ކުރެހުންތައް ކުރަހާތީ އެފަދަ ކަންކަން ނުކުރަން އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ބޭނުންކުރާ ބަހެއްގެ ސީޓްތަކެއްގެ ލެނގޭ ބައިގެ ފަހަތުގައި ބޭއަދަބީ ކުރެހުންތަކާއި ލިޔުންތަކެއް ހުރި ފޮޓޯތަކެއް ވެސް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ އާންމުވެފައެވެ. އެކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަހާއި ފެރީތަކަކީ އެކި އުމުރުފުރާގެ މީހުން ބޭނުންކުރާ ހިދުމަތްތަކަކަށްވެފައި، މަދު ބައެއްގެ ފަރާތުން ފެންނަ ނާތަހުޒީ އެފަދަ އަމަލުތަކުން ހިދުމަތް ހޯދާ މީހުންނަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށެވެ.
"އެހެންވެ މިފަދަ އަމަލުތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވެ، އިލްތިމާސްކުރަމެވެ." އެމްޓީސީސީން ނެރުނު ބަޔާނުގައިވެއެވެ.
އެބަޔާނާއި ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަހާއި ފެރީތައް ސާފުތާހިރުކޮށް އަދި ނަލަކޮށް ބެހެއްޓުމަށް އެންމެންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު