ދިވެހިރާއްޖޭގެ ދައުލަތުގެ ރިޒާވްގައި ހުރި މިންވަރު ހާމަކޮށްދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި، އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ އާދަމް ޝަރީފް އުމަރުއެވެ.
އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރަށް މިވީ ހަތަރު އަހަރު ދައުލަތް ހިންގުމުގެ ހަރަދު އިންތިހާއަށް ބޮޑުވުމާއި، އަދި ދައުލަތުގެ މާލިއްޔާ ޒިންމާދާރުކަމާއެކު ނުބަލަހައްޓާ ކަމުގެ ތުހުމަތުތައް ސަރުކާރަށް އަމާޒުވަމުންދާ ކަމަށެވެ. އަދި މާލީ ހާލަތާއި ގުޅޭ އެންމެ އަދާހަމަ، ސައްހަ މައުލޫމާތު ހާމަކުރަމުން ނުދާތީ އޭނާ އެދިވަޑައިގަތީ ރިޒާވްގައި ހުރި ފައިސާގެ އަދަދު ހާމަކުރެއްވުމަށެވެ.
އާދަމް ޝަރީފް ހުށަހެޅުއްވީ އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް މަޖިލީހުން ފާސްކުރުމުގެ ކުރީގައި ރިޒާވްގައި ހުރި މިންވަރު ހާމަކޮށްދެއްވުމަށެވެ.
މި ހުށަހެޅުމާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޒާވްގައި ހުރިވަރު އެނގޭކަމަށާއި އެ އަަދަދުތައް ވިދާލުވެދެއްވާނެ ކަމަށެވެ.
"އެ އަދަދު އަޅުގަނޑަށް އެނގޭ. އެހެންވީމާ އިއްޒަތްތެރި މެންބަރު އަރިހުގައި ދެންނެވިދާނެ." ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނަޝީދު ވަނީ ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް ވަރަށްބޮޑަށް ދަށްވެ، ރާއްޖެ ބަނގުރުޓްވާކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު