ބަޖެޓް ވާންޖެހޭނީ ޒިންމާދާރުކަމާއި ފަސޭހަކަމާއެކު ތަންފީޒު ކުރެވޭ ބަޖެޓަކަށްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ބަޖެޓް ވާންޖެހޭނީ ޒިންމާދާރު އަދި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ބިންގާ ހަރުދަނާވާ އެއްޗަކަށްކަމަށެވެ. އަދި ބަޖެޓަކީ ރައްޔިތުންނަށް ތަނަވަސްކަން ލިބޭނެ ވަސީލަތަކަށްވާންޖެހޭކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް ބަޖެޓަށް ބަލާއިރު އިގްތިސާދީ ސިޔާސަތު އޮތްގޮތުން ފެންނަނީ ރާއްޖެ އިތުރަށް ދަރަނިވެރިވަމުންދާ މަންޒަރުކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
"42.86 ބިލިއަން ރުފިޔާގެ ބަޖެޓެއް. 32 ބިލިއަން އާމްދަނީ. އޭގެތެރެއިންވެސް 29 ބިލިއަން ރުފިޔާ ސަރުކާރު ހިންގުމަށް. ރައްޔިތުންގެ ތަރައްގީއަށް އޮތީ 13 ބިލިއަން ރުފިޔާ. އެމްއެމްއޭއިން އެ ބުނަނީ އިންފްލޭޝަން މައްޗަށް ދާނެކަމަށް 5 އިންސައްތައިން.. މިކަމުގެ ސަބަބުން ރާއްޖޭގައި ފަގީރުކަން އިތުރުވެ، ފަގީރުންނާއި މުއްސަނދިންގެ ފަރަގު އިތުރަށް ބޮޑުވެގެންދާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ބޭރުގެ އެހީ ނުލިބުމުން ސަރުކާރުން ފައިސާ ޗާޕްކުރުމަކީ ރައްކާތެރިގޮތެއް ނޫންކަމަށެވެ. އަދި މިއީ ސަރުކާރުން ހެދި އެންމެ ބޮޑު ގޯސްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ އިސްރާފު ވަރަށް ބޮޑުކަމަށާއި އަދި 4 އަހަރު ތެރޭގައި 1.9 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާކަމަށެވެ.
މީގެއިތުރުން ސަބްސިޑީ ބަހާ ގޮތް ބަދަލުކުރަންޖެހޭކަމަށާއި ކުންފުނިތަކަށް ސަބްސިޑީ ބަހަން ދިނީމާ އޭގެ ސިޔާސީ ފައިދާ ނަގަމުންދާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު