ފީފާ ވޯލްޑް ކަޕް 2022: މިރޭ ނެދަލެންޑްސް އާއި ސެނެގާލް ބައްދަލުކުރި މެޗުން ނެދަލެންޑްސް މޮޅު ވެއްޖެއެވެ.
އަލް ތުމާމާ ސްޓޭޑިއަމްގައި، ކުޅުނު މިމެޗު ފެށިގެން ފުރަތަމަ 30 މިނިޓުގައި ސެނެގާލުން ވަނީ ބޯޅަ ހިފަހައްޓާލައިގެން ކުޅެން މަސައްކަތްކޮށްފައެވެ. ދެޓީމުން ކުރެ ޓީމަކުން ކުރި މަސައްކަތުން ވެސް ފުރަތަމަ ހާފު ނިންމާލިއިރު އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ.
މެޗުގެ 84 ވަނަ މިނިޓުގައި ނެދަލެންޑްސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ގަކްޕޯއެވެ. އޭނާވަނީ ނެދަލެންޑްސްއަށް ގޯލްޖަހަށް ރަނގަޅު ތިން ފުރުސަތެއްވެސް ފަހި ކޮށްދީފައެވެ.
ނެދަލެންޑްސްގެ ދެވަނަ ގޯލްޖެހީ ފަހު ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓުވެސް ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށެވެ. ޑިޕޭ ފޮނުވާލި ހަމަލާއެއް ސެނެގާލްގެ ގޯލްކީޕަރ މެންޑީ ދިފާއުކުރި ނަމަވެސް، ރިބައުންސްވި ބޯޅަ ލިބުނީ ކްލާސަންއަށެވެ. އޭނާ އެ ބޯޅަ ފޮނުވާލީ ހުސްކޮށް ގޯލްއޮއްވައެވެ.

ކިޔުންތެރިންގެ ހިޔާލު