ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ބޭރުގެ ބައެއް ގައުމުތަކަށް އެހީ ހޯއްދަވައިދެއްވާގޮތަށް ދިވެހިރާއްޖެއަށް ވެސް ބިލިއަނުން ފައިސާގެ އެހީ ހޯދައިދެއްވަން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ގޮވާލައްވައިފިއެވެ.
ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ހޫނު ބަހުސްތަކެއް ކުރިއަށްދާ މި ދަނޑިވަޅުގައި ރައީސް ނަޝީދު މިއަދުވަނީ، ދައުލަތުގެ ރިޒާވު މަދުވާކަން ފާހަގަ ކުރައްވާ، ދައުލަތުގެ ރިޒާވުގައިހުރި އަދަދެއް ސާފުވާން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ބަނގުރޫޓުވާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ދަތިފުޅުކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅުތައް މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވަނީ ދޮގު ކުރައްވާ، އެއީ ސިޔާސީ ބޭނުމަކު ދައްކަވާ ވާހަކަފުޅުތަކެއްކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކާއި ގުޅިގެން ޝަރީފު މިއަދު ވިދާޅުވީ، ސްރީލަންކާއާއި ގާނާ ފަދަ ގައުމުތަކަށް ގިނަގުނަ އެހީ ހޯއްދަވައިދެއްވާކަމަށް ރައީސް ނަޝީދު ވިދާޅުވާކަމަށެވެ. އެހެންކަމަށްވަންޏާ ރާއްޖެއަށް ވެސް މިލިއަނުން، ބިލިއަނުން ފައިސާ ހޯއްދަވައިދެއްވަން ވީނުންތޯ، ޝަރީފު ވަނީ ވިދާޅުވެފައެވެ.
ޝަރީފު މިފަދައިން ވިދާޅުވިއިރު، ރައީސް ނަޝީދު ގެންދަވަނީ، ބަނގުރޫޓުވެފައި އޮތް ސްރީލަންކާއަށް ބޭރު ގައުމުތަކުގެ އެހީ ހޯދައިދިނުމުގައި ލަންކާ ސަރުކާރާއެކު މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ރައީސް ނަޝީދުގެ މަސައްކަތްޕުޅުން މިހާތަނަށް ބޭރުގެ އެހީއެއް ހޯދިފައިވާކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ހާމަވެފައެއް ނުވެއެވެ.

Sri Lanka adhi Ghana fadha gaumu thakah gina guna ehee hoadhavaa dhevvaa kamah eba vidhaalhu vamu. Ehen vejjeyaa Raajje ah ves millionun billionun hoahdhavaa dhevvan vee noon thoa? @MohamedNasheed
— Ibrahim Shareef (@AdduShareef) November 21, 2022
ޝަރީފު މިފަދައިން ވިދާޅުވިއިރު، ރައީސް ނަޝީދު ގެންދަވަނީ، ބަނގުރޫޓުވެފައި އޮތް ސްރީލަންކާއަށް ބޭރު ގައުމުތަކުގެ އެހީ ހޯދައިދިނުމުގައި ލަންކާ ސަރުކާރާއެކު މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ރައީސް ނަޝީދުގެ މަސައްކަތްޕުޅުން މިހާތަނަށް ބޭރުގެ އެހީއެއް ހޯދިފައިވާކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ހާމަވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު