މަސްތުވާތަކެއްޗާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުކުރެވިގެން ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަރެކްޝަންސްގެ އޮފިސަރެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމައްސަލައާއި ގުޅިގެން އެ އޮފިސަރު ވަޒީފާއިން ސަސްޕެންޑު ކޮށްފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވެއްދުމަކީ ފަހަކަށް އައިސް އާންމުކަމެކެެވެ. އެފަދަ ކަންކަން ކުރުމުގައި ކަރެކްޝަންގެ އޮފިސަރުންގެ ބައިވެރިވުން އޮތް ކަމަށް އަބަދުވެސް ތުހުމަތުކުރެވެއެވެެ.

ކިޔުންތެރިންގެ ހިޔާލު