އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބޮޑު ބަޖެޓާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުގެ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެކަން ޔަގީންވެގެން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ލިބުނު އެންމެ ބޮޑު ޔަގީންކަމަކީ ރައީސް ސާލިޙުގެ ސަރުކާރުގެ ވަައުދުތައް 100 އިންސައްތަ ފުއްދާނެ ކަމުގެ ޔަގީންކަން ކަމަށެވެ.
ބޮޑު ބަޖެޓާއެކު ރައީސްގެ ވައުދުތައް ރަނުން ރަނަށް އަކުރުން އަކުރަށް ފުއްދަވާނެކަން ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށް ރިޒާ ވިދާޅުވިއެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ރައީސުލްޖުހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ހުންނަނީ ނުުފުދިކަމަށް ރިޒާ ވިދާޅުވިއެވެ.
"އެކަން ސާފުވަނީ އަޅުގަނޑުމެންނަކަށް ނޫން، އެކަން ސާފުވަނީ އެގޮތަށް އިދިކޮޅަށް ވާހަކަ ދައްކާ މީހުންގެ ރަށްރަށުގައި ވެސް ހިންގަމުންދާހާ ގިނަ މަސައްކަތްތަކާއި އެ ހިންގަމުންދާ ބިޔަ ބޮޑެތި ޕްރޮޖެކްޓްތަކާއި އެކީގައި އަމަލުން ލޮލުން ދެކެ އަތުން ހިފުނީމަ، މިއީ މި ފާއިތުވެދިޔަ 1000 އަހަރު ވެސް ރާއްޖޭގެ ރައްޔިތުންނަށް ނުވެ އޮތްކަމެއް ނުފުދި އޮތްކަމެއް، އަބަދުވެސް ރައްޔިތުން އިންތިޒާރު ކުރަމުންދިޔައީ ރައްޔިތުން ކުރިމައްޗަށް އައިސްވާ ވައުދުތައް ބިލާހަކަށް ނުވެ އޭގެ ހަގީގީ ކުލަ ޖެހިގެންދާނެ ދުވަހަކަށް." ރިޒާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު