ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުގެ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ނަގާފައިވާ ދަރަނި ބޮޑު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެެވެ. ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން އުފެެއްދި ވަރުގެ ދަރަންޏެއް ރައީސް ސާލިޙުގެ ސަރުކާރުން މި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި އުފައްދާފައިނުވާކަމަށާއި އެކަން ތަފާސް ހިސާބުތަކުން ފެންނަން އެބަހުރި ކަމަށެވެ.
އަދި ކޮވިޑާއި ގުޅިގެން 26 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ޖެހުނު ނަމަވެސް އެ ދަރަންޏާއެކު ކުރީގެ ސަރުކާރަށް ވުރެ މިސަރުކާރުގެ ދަރަނި ކުޑަކަމަށް ޣަފޫރު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން ދަރަނި ނަގައިގެން ކުރި މަސައްކަތްތަކާއި މި ސަރުކާރުން ދަރަނި ނަގައިގެން ކުރި މަސައްކަތް މާ ގިނަވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"ހެއުވަރު ވަރުގެ ވެލިފުންޏެއް ނެތް ރަށެެއް މިގައުމުގައި މިހާރަކު ނޯއްނާނެ އިއްޒަތްތެރި ރައީސް، ރަނގަޅު ހަތަރު ފަސް ޕްރޮޖެކްޓެއް ނުހިނގާ އެއް ރަށް ނޯއްނާނެ، ހުރިހާ ރަށެއްގައި ޕްރޮޖެކްޓްތައް ހިނގަމުން އެދަނީ ރާއްޖޭގެ ކުންފުނިތަކަށް ދައުލަތުން ފައިސާ ދޭންޖެހޭނީ އަޅުގަނޑުމެން ކައިރި ގައުމުގެ ކުންފުނިތައް ގެނެސްގެން ސަރުކާރުގެ ބަޖެޓުން ހިންގަން ޖެހޭ ޕްރޮޖެކްޓްތަކެއް ނުހިންގަން،" ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދިނުމަށް ސަރުކާރުން މިހާތަނަށް ހުށައަޅާފައިވާ އެންމެ ބޮޑު ބަޖެޓް ކަމަށެވެ. އެ ބަޖެޓުން ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްވެގެންދާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ ބަޖެޓުގައި ހުރިހާ ދާއިރާއެއްގެ ބަޖެޓުވެސް ބޮޑުކޮށްފައިވާ ކަމަށެވެ. އެކަމުގެ ހެއު ނަތީޖާ އަންނަ އަހަރު ފެނިގެންދާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. ޣަފޫރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަށް ފައިސާ ހޯދުމަށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ މަސައްކަތްތަކާއިއެކު ދައުލަތުގެ އާމްދަނީ މިއިން ދުވަހަކު އިތުރުނުވާ ވަރަށް އަންނަ އަހަރު އިތުރުވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ފާސްކުރީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު