ޕޯޗުގަލްގެ ސުޕަސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ، އިންސްޓަގްރާމްގައި 500 މިލިއަން ފޮލޯވަރުން ހޯދި ފުރަތަމަ ކުޅިވަރު ކުޅުންތެރިޔާގެ ގޮތުގައި ހޮވިއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ އިންސްޓަގްރާމް އެކައުންޓަށް 500 މިލިއަން ފޮލޯވަރސް ލިބިފައިވަނީ މިއަދު އެވެ.



އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވާސްގެ އިތުރުން ރޮނާލްޑޯ އަކީ އިންސްޓަގްރާމުން އެންމެ ގިނައިން ލާރި ލިބޭ އެއް އެތުލީޓެވެ. އިންސްޓަގްރާމްގެ އިތުރުން އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ރޮނާލްޑޯ އަކީ އިންތިހާއަށް މަގުބޫލު ކުޅުންތެރިއެކެވެ. އޭނާގެ ޓްވިޓާގައި 105 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބިއިރު ފޭސްބުކްގައި 154 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަށްފަހު، ލިއޮނަލް މެސީ، ވިރާޓް ކޮހްލީ، ނޭމާ، ލެބްރޯން ޖޭމްސް ފަދަ ކުޅުން ތެރިންނަކީވެސް އިންސްޓަގްރާމްގައި ބޮޑު ތަރުހީބެއް ލިބެމުންދާ ބައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން