ސްކޫލެއްގައި ކުރިއަށްދިޔަ ސައިންސް އެކްސްޕެރިމެންޓެއް ފެއިލްވެ ސްކޫލް ދަރިވަރުންތަކަކަށް އަނިޔާވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އޮސްޓްރޭލިއާގެ ސިޑްނީގައެވެ. ރިޕޯޓުތައް ބުނާގޮތުން މިހާދިސާގައި ބޮޑަށް އަނިޔާވި ދެދަރިވަރަކު އިތުރު ފަރުވާއަށް ހޮސްޕިޓަލަށްވެސް ގެންގޮސްފައިވެއެވެ. އަދި އިތުރު ނުވަ ކުއްޖަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިސައިންސް އެކްސްޕެރިމެންޓް ހެދުމަށް ބޭނުންކޮށްފައިވަނީ ސޯޑިއަމް ބައިކާބޮނޭޓް އަދި މެތިލޭޓެޑް ސްޕިރިޓްސް އެވެ. މިއެކްސްޕެރިމެންޓް ފެއިލްވުމާއިއެކު، ލިބުނު އަނިޔާތަކުގައި ގިނަ ދަރިވަރުންތަކެއްގެ ހަންގަނޑުވަނީ އެކި ވަރަށް ފިހިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަނިޔާވި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 10 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި ޓީޗަރަކަށްވެސް ވަނީ އަނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން