މި ސަރުކާރުން ބަޖެޓުގައި ޖަހާ ހުރިހާ ކަމަކީ ކުރާނެ ކަންކަމެއް ނޫންކަން ރައްޔިތުންނަށް އެނގޭކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ޝިޔާމް ވިދާޅުވީ ތަރައްގީ އެތައް މަޝްރޫއެއް ހިންގަން ރާވާފައިވާކަމަށް މެމްބަރުން ބުނާއިރު އެކަންކަން ކުރަން ފައިސާ ބޭނުންވާނެކަމަށެވެ. އަދި އެމަޝްރޫއުތައް ހިންގަން ވާނީ ގައުމު ދަރަނިނުވެ، ބަނގުރޫޓްނުކޮށްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"4 އަހަރު ތެރޭގައި ވަނީ 60 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައި. މިއީ ރެކޯޑް އަދަދެއް. މިއަދު މި ވާހަކަ ދައްކާއިރު 113 ބިލިއަނަށް ދަރަނި އަރައިފި. އަޅުގަނޑުމެން މިއޮތީ ޑޮލަރަށް ބަރޯސާވެފައި. ޑޮލަރެއް ނެތި ހަމަ ނޭވާވެސް ނުލެވޭ. ޑޮލަރެއް ފަހަތުން އެބަދޭ 18 ވަރަކަށް ރުފިޔާ." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ނިންމުމާއެކު ވިޔަފާރިވެރިން ތަކެތީގެ އަގު ބޮޑުކޮށްފިކަމަށެވެ. އަދި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވިދާޅުވާ ހެޔޮ އަގުތަކުގައި ތަކެއްޗެއް ނުލިބޭކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޕީއެސްއައިޕީގެ ބަޖެޓް ބޮޑުވީމަ ބައެއް މެންބަރުން އުފާކުރަމުންދާކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތެރެއިން 40 ޕަސަންޓް ހާސިލްނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ. މީގެއިތުރުން އާމްދަނީ ހޯދަން ހިލޭ އެހީގެ ގޮތުގައި ޖަހާފައި އޮންނަ އަދަދާއި ގާތްކުރާ އަދަދަށްވެސް ފައިސާ ނުލިބޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރުން ބަޖެޓުގައި ޖަހާ ހުރިހާ ކަމަކީ ކުރާނެ ކަންކަމެއް ނޫންކަން ރައްޔިތުންނަށް މިހާރު އެނގޭކަމަށެވެ. އެގޮތުން ނައިފަރު ފެނާއި ނަރުދަމާ އޮތީ އަދިވެސް ނުނިމިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު