ދައުލަތުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތަށް އަންނަ ކުރިއެރުންތަކާއެކު ބަޖެޓް ކުރެވޭ މަޝްރޫއުތައް ހިންގޭނެކަމުގެ ޔަގީންކަން ބޮޑުކަމަށް ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.
ނާޝިޒު މިހެން ވިދާޅުވީ ބަޖެޓް ކޮމިޓީގެ ރިޕޯޓް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުންނެވެ.
ބަޖެޓް ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން ނާޝިޒު ވިދާޅުވީ ބަޖެޓުން ހާސިލުކުރަން ސަރުކާރުން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ޖަޒީރާ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުންކަމަށެވެ. އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ވެސް ރައީސްގެ ވައުދުތައް ފުއްދެވުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަން ނާޝިޒު ފާހަގަކުރެއްވިއެެވެ.
ނާޝިޒު ވިދާޅުވީ މި ބަޖެޓުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގެވުމަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމަށާއި އަދި އެ މަޝްރޫއުތައް ހިންގޭނެކަމުގެ ޔަގީންކަންވެސް ބޮޑުކަމަށެވެ.
"ޕީއެސްއައިޕީއަށް 124 މިލިއަން ރުފިޔާ އިތުރުކުރެވިއްޖެ ކޮމިޓީ މަރުހަލާގައި. މިހާރު އުމްރާނީ ތަރައްގީ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 8.5 ބިލިއަން ރުފިޔާ ހިމަނާފައި." ނާޝިޒު ވިދާޅުވިއެވެ.
ނާޝިޒު ވިދާޅުވީ ޕީއެސްއައިޕީގެ މަޝްރޫއުތަކާއެކު ރަށްރަށަށް އެކި ދާއިރާތަކުން ތަރައްގީ އަންނާނެކަމަށެވެ. އަދި އޭގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެކަންވެސް ބަޖެޓް ކޮމިޓީގެ މުގައްރިރު ފާހަގަކުރެއްވިއެވެ.
"ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ބަޖެޓަކަށްވާނެ. އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް، އާމްދަނީ އިތުރުވެގެންދާނެ ބަޖެޓަކަށްވާނެ." ނާޝިޒު ވިދާޅުވިއެވެ.
ނާޝިޒު ވިދާޅުވީ ބަޖެޓް ކޮމިޓީގައި ހަމައެކަނި ކުރަންޖެހޭ މަސައްކަތަކީ ބަޖެޓުން ހަރަދުކުރާނެ ކަންކަން ކަނޑައެޅުން ނޫންކަމަށެވެ. އޭގެ ބަދަލުގައި ދައުލަތުން އާމްދަނީ ހޯދަން ހުށަހަޅާ ކަންކަމަށް އެއްބާރުލުން ދޭންޖެހޭކަންވެސް ނާޝިޒު ފާހަގަކުރެއްވިއެެވެ.
"އިދިކީލި ވިސްނުން ދޫކޮށްލާ، ފަހި ވިސްނުމުގައި ދައުލަތަށް އެއްބާރުލުން ދީ، ރައްޔިތުންނަށް މަންފާ ކުރާނެ ގޮތުގައި ކަންކަން ނިންމަންޖެހޭ." ނާޝިޒު ވިދާޅުވިއެވެ.
ނާޝިޒު ވިދާޅުވީ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިމުނުއިރު ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރުމުން، ބަޖެޓްގެ ޖުމްލަ 42.8 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. އަދި ބަޖެޓާއެކު ސަރުކާރަށް 11 ރެކޮމެންޑޭަޝަނެއް ހުށަހަޅާފައިވާކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ. އޭގެތެރޭގައި ލިބޭ އެހީގެ އަދަދު ޔަގީންކުރުން، ހަރަދުތައް ކުޑަކުރުން، ސަބްސިޑީ އުސޫލުތައް ބަދަލުކުރުން އަދި ދައުލަތަށް ނުލިބި ހުރި ޓެކްސް އާމްދަނީ ހޯދުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު