ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާ ގުޅުވައިގެން އޮޅުވާލައިގެން ފައިސާ ހޯދަން ސްކޭމްތަކެއް ހިންގައިފާނެތީ އެކަމަށް އާންމުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ވޯލްޑް ކަޕްގެ ނަތީޖާ ދިމާކުރުމަށް ކަމަށް ބުނެ ސްކޭމް ލިންކްތަކެއް ދައުރުކޮށްފާނެ ކަމަށެވެ. އެހެންވެ އެކަމަށް ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ވަނީ އެފަދަ ކަމެއް ފާހަގަކުރެވޭ ނަމަ ހޮޓްލައިން ނަމްބަރު 119 އާއި 332111 އަށް ގުޅައި ހިއްސާކުރަން ވެސް އެދިފަ އެވެ.
ރާއްޖޭގައި އޮޅުވާލައިގެން ފައިސާ ހޯދަން އެކި ގޮތްގޮތަށް ސްކޭމްތައް ހިންގުމަކީ ވަރަށް ބޮޑަށް އާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު