އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅާފައިވާ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓް ކޮމިޓީން ދިރާސާކޮށް ނިމުނުއިރު ބަޖެޓަށް ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.
ބަޖެޓް ކޮމިޓީގެ ރިޕޯޓް ތަޅުމަށް ހުށަހެޅީ ބަޖެޓް ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިޒެވެ. އޭނާ ވަނީ ބަޖެޓްގައި ފާހަގަވި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އިގްތިސާދު ހަމައަކަށް އެޅެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ފާސްކުރީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރޭގައި ހިމެނެނީ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް 36 މިލިއަން ރުފިޔާއާއި އަންނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ޕްރޮގްރާމްތަކަށް އިތުރުކުރި 124 މިލިއަން ރުފިޔާއެވެ.
އަންނަ އަހަރު ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. ދަޢުލަތުން ހުށައަޅާފައިވާ 2023 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ކޮމިޓީން ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު