އިބްރާހިމް ފަހީމް   21 ނޮވެމްބަރު 2022 - 0:11
ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް ހުކުމް ކުރާ ފަނޑިޔާރުންނަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އިދިކޮޅު ޕީޕީއެމުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ޖަގަހަ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، މި ވެރިކަން ނިމެން ދެންއޮތީ 9 މަސްދުވަސް ކަމަށާއި ރައްޔިތުންތިބީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭކަށް ނޫންކަމަށެވެ.

އަދި އެއްލައްކަ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީނަށް ނުހައްގުން އަނިޔާވެރިވާ ފަނޑިޔާރަށް ސަލާމަތް ވެވިދާނެކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ.

ތޯރިގުގެ މި ވާހަކައަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ތޯރިގުގެ ވާހަކައާއި ދެކޮޅަށް ވާހަކަ ދެއްކެވި މަޖިލިސް މެންބަރުންގެ ތެރޭގައި އިކްރާމް އަދި ނިހާދުމެން ފަދަ ބޭފުޅުން ހިމެނެއެވެ.



ތޯރިގު މިފަދައިން ވިދާޅުވެފައިވާއިރު، ވެރިކަން ބަދަލުވިފަހުން ރައީސް ޔާމީނަށްވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ. އެ ދައުވާތަކުން އެއް ދައުވާ ސާބިތުވެ ޖަލުހުކުމް ތަންފީޒު ކުރެއްވުމުގައި ވެސް ރައީސް ޔާމީން ވަނީ ދުވަސްތަކެއް ހޭދަ ކުރައްވާފައެވެ. ނަމަވެސް، ފަހުން ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމާ މިނިވަން ކޮށްފައެވެ.

އެ ނިންމުމާއިއެކު ރައީސް ޔާމީންވެސް އަދި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށްވެސް ހިތްހަމަޖެހުމުގެ ނޭވާއެއް ނުލެވި އުޅެނިކޮށް މިހާރުވަނީ އިތުރު ދައުވާތަކެއްކޮށް ހުކުމް އިއްވުމާއި ހަމައަށް އައިސްފައެވެ.



ކިޔުންތެރިންގެ ހިޔާލު