ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގަތަރާއި އިކުއެޑޯ ބައްދަލުކުރި މެޗުން 2-0 އިން ގަތަރު ބަލިވެ، 92 އަހަރުވީ ރެކޯޑެއް އިކުއެޑޯއިން މުގުރާލައިފިއެވެ.
ވޯލްޑް ކަޕްގެ 92 އަހަރުގެ ތާރީހުގައި މީގެކުރިން ދުވަހަކުވެސް މުބާރާތް ބާއްވާ ގައުމު ކުޅުނު ފުރަތަމަ މެޗުން އެ ޓީމުތައް ބަލިވެފައެއް ނެތެވެ. ނަމަވެސް މިއަދު ގަތަރުގައި ފެށި ވޯލްޑް ކަޕްގައި އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި 2-0 އިން ބަލިވުމުން، މިވަނީ ވޯލްޑް ކަޕްގެ 92 އަހަރުވީ ރެކޯޑެއް އިކުއެޑޯއިން މުގުރާލާފައެވެ.
މީގެކުރިން ކުރީން ކުޅުނު 22 ވޯލްޑް ކަޕްގައި މުބާރާތް ބާއްވާ ގައުމު ނުވަތަ ހޮސްޓް ނޭޝަން ފުރަތަމަ ކުޅުނު 22 މެޗުގެ ތެރެއިން 16 ޓީމެއް ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އަދި 6 މެޗެއް ވަނީ އެއްވަރުވެފައެވެ. ނަމަވެސް މުބާރާތް ބާއްވާ ގައުމު ކުޅުނު ފުރަތަމަ މެޗުން ދުވަހަކުވެސް ބަލިވެފައެއް ނެތެވެ. އެހެންކަމުން އެތައް އުއްމީދުތަކަކާއެކު ވޯލްްޑް ކަޕަށް ތައްޔާރުވި ގަތަރަށް މިވަނީ ހިތްދަތި ފެށުމަކާއި ކުރިމަތިލާންޖެހިފައެވެ.
އިކުއެޑޯއިން މިރޭގެ މެޗުގައި ޖެހި 2 ގޯލުވެސް ޖަހާފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން ވެލެންސިއާއެވެ. އޭގެތެރެއިން އެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުތަކަށް ބަލާއިރު އިރުއޮއްސި 6:00 ޖަހާއިރު އިނގިރޭސި ވިލާތާއި އީރާނު ބައްދަލުކުރާއިރު 9:00 ޖަހާއިރު ކުޅޭނީ ސެނެގާލް އާއި ހޮލެންޑްއެވެ. އަދި ދަންވަރު 12:00 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެމެރިކާއާއި ވޭލްސްއެވެ.

🇶🇦Qatar heading for an unwanted FIFA World Cup record.#TeamQatar is set to become the 1st ever host nation to loss the opening game of the FIFA World Cup.#FIFAWorldCup ||#Qatar2022 pic.twitter.com/eheI3JypE1
— FIFA World Cup Stats (@alimo_philip) November 20, 2022
އިކުއެޑޯއިން މިރޭގެ މެޗުގައި ޖެހި 2 ގޯލުވެސް ޖަހާފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން ވެލެންސިއާއެވެ. އޭގެތެރެއިން އެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުތަކަށް ބަލާއިރު އިރުއޮއްސި 6:00 ޖަހާއިރު އިނގިރޭސި ވިލާތާއި އީރާނު ބައްދަލުކުރާއިރު 9:00 ޖަހާއިރު ކުޅޭނީ ސެނެގާލް އާއި ހޮލެންޑްއެވެ. އަދި ދަންވަރު 12:00 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެމެރިކާއާއި ވޭލްސްއެވެ.
ކިޔުންތެރިންގެ ހިޔާލު