ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމެއްގެ ގޮތުގައި ހަދައިގެން ނުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޢަބްދު اللّٰه މައުސޫމް ވިދާޅުވެއްޖެއެވެ.
މައުސޫމް މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި މައުސޫމް ވިދާޅުވީ, ފަތުރުވެރިކަމަކީ ރާއްޖޭގެ މައިގަނޑު އިގުތިސާދީ ހަރަކާތް ކަމަށާއި ފަތުރުވެރިކަން ސިޔާސީ ކޮށްގެން ނުވާނެކަމަށެވެ. ނަމަވެސް މީގެކުރިން އެކަން އެގޮތަށް ކޮށްފައި އެބައޮތް ކަމަށާއި އޭރު ސިޔާސީ ބޭނުމަށް ނިންމާފައިވާ ނިންމުންތަކެއްގެ ސަބަބުން އަދިވެސް މިނިސްޓްރީން އެކަމާއި ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ, އޭރު ސިޔާސީގޮތުން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން އެކަމުން ގެއްލުން ލިބުނު ފަރާތްތަކުން ކޯޓުފަދަ ތަންތަނުގައި ދައުވާ ކުރުމުން އެ ފަރާތްތަކާ އެއްކޮޅަށް އެ މައްސަލަތައް ނިމި, ބަދަލުދޭންޖެހި ދައުލަތަށް ގެއްލުންތަކެއްވެސް ވަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ, މި ސިނާއަތުގައި އެންމެ ކަންބޮޑުވާ އެއްކަމެއްގެ ގޮތުގައި އޮތީ, ސިޔާސީގޮތުން ރިސޯޓުހަދަން ދޫކުރި ރަށްތަކުގައި ރިސޯޓު ނުހަދާ ހުއްޓިފައި އޮތުން ކަމަށާއި އަދި ރަށްތަކުން ލިބެންޖެހޭ ފައިސާ ދައުލަތުގެ ތިޖޫރީއަށް ނުވަނުމަކީ ވެސް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އެ ޕްރޮގްރާމްގައި މައުސޫމް ވިދާޅުވީ, ސަރުކާރުން މިހާރުދަނީ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ހާއްސަކޮށް ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތައް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު