ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ބޯޑު މެންބަރުކަމާއި، މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އެމްއެންޑީއެފްގެ ކާނަލް އިސްމާއީލް ނަސީރު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ކާނަލް އިސްމާއީލް ނަސީރު ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ބޯޑު މެންބަރުކަމާއި، މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި ކާނަލް އަހުމަދު ޝަރީފްގެ ބަދަލުގައެވެ.



މިގެނައި ބަދަލާއެކު ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ބޯޑުގައި ތިބޭނީ ޗެއާމަން ހަސަން ޒަމީލާއި، ޒަކަރިއްޔާ މަންސޫރާއި، މުހައްމަދު އިއާދު ހަމީދާއި، ހުސެއިން އަލީ އާއި، އަހުމަދު ވަހީދާއި، އާމިނަތު އަލީގެ އިތުރުން އަހުމަދު ޝިފާޒެވެ.

ކައްދޫ އެއާޕޯޓަކީ އެމްއެންޑީއެފްގެ އިސްކަންދަރު ވައިގެ މަރުކަޒު ގާއިމުކޮށްފައިވާ އެއާޕޯޓެވެ. 2016 ވަނަ އަހަރުން ފެށިގެން ކައްދޫ އެއަރޕޯޓް ހިންގަނީ އަސްކަރީ އެއަރޕޯޓެއްގެ ގޮތުގައި ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުންނެވެ.



ކިޔުންތެރިންގެ ހިޔާލު