ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ގުޅީފަޅުގައި ހިންގާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެކަމަށް ‏އެންޑީއޭގެ ސީއީއޯ ‎އިމާދު ސާލިހު ވިދާޅުވެއްޖެއެވެ.

އިމާދު މިހެން ވިދާޅުވީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ގުޅީފަޅުގައި ހިންގާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.

‏އެންޑީއޭގެ ސީއީއޯ ‎އިމާދު ސާލިހު ގުޅީފަޅުގައި ހުރި މަރުކަޒަށް މިއަދު ކުރެއްވި ޒިޔާރަތުގައި ވަނީ އެތަނުގައި ތިބި ކްލަޔަންޓުންނާއި ބައްދަލު ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެބޭފުޅުންގެ ޝަކުވާ އަޑުއައްސަވާ، ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ގުޅިގެން ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.



މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އަލުން މުޖްތަމައުައަށް ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެޝަނަލް ޑްރަޖް އެޖެންސީގެ ސީއީއޯއަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިމާދު ސޯލިހު އައްޔަންކުރީ މިދިޔަމަހުއެވެ.

އެންޑީއޭގެ ސީއޯއަކަށް އިމާދު އައްޔަންކޮށްފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ ގާތްގަނޑަކަށް 10 ވަރަކަށް މަސް ފަހުންނެވެ.

މަގާމާއި ހަވާލުވުމަށްފަހު އިމާދު ވަނީ އެންޑީއޭގެ ކަންކަން ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު