176 ބައިވެރިންނާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާ އިންތިހާނެއް ބާއްވައިފިއެވެ.

ރާއްޖޭގެ ބާ ކައުންސިލުން ބުނީ ރާއްޖޭގައި ފުރަތަމަ ބޭއްވި ބާ އިމްތިހާން އޮތީ މާލެ އާއި އައްޑޫ ސިޓީގައި ކަމަށެވެ. އަދި އިމްތިހާނުގެ ހެނދުނާއި މެންދުރު ފަހުގެ ސެޝަންތަކަށް 176 މީހަކު ހާޒިރުވިކަމަށާއި، މިއީ އިމްތިހާނަށް ރަޖިސްޓްރީވި ކެންޑިޑޭޓުންގެ 98.3 ޕަސެންޓްކަމަށް ބާ ކައުންސިލުން ބުނެއެވެ.

މި އިމްތިހާނުގައި ދިވެހި ބަހާއި އިނގިރޭސި ބަހުން 120 ސުވާލެއް ހިމަނާފައިވާކަމަށް ބާ ކައުންސިލުން ބުނެއެވެ.



ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، ގާނޫނީ ވަކީލްކަމުގެ ހުއްދަ ހޯދުމަށް ހަދަންޖެހޭ ބާ އެގްޒާމަކީ ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު ފަދަ އަސާސީ ބައެއް ހުނަރުތައް ދެނެގަތުމަށް އަހަރަކު އެއް ފަހަރު ބާއްވަން ނިންމާފައިވާ އިމްތިހާނެކެވެ.

ބާ އިމްތިހާނަކީ ގާނޫނީ ވަކީލް ކަމުގެ ހުއްދަ ހޯދުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެ އަސާސީ ދެ ކަންތަކުގެ ތެރެއިން އެއް މަސައްކަތަށްވާއިރު، ބާ އިމްތިހާނުގެ އިތުރުން އަދި ތަމްރީން ޕްރޮގްރާމެއްވެސް ފުރިހަމަކުރަން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު