ރައްޔިތުންނަށްޓަކައި އެމްޑީޕީއަށް މި ގެނެސްދެވުނީ ރަންޒަމާނެއްކަމަށް ދާދިފަހުން އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވި، އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މި ފަދައިން ވިދާޅުވީ، މިރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެފަހަރަކު ދިމާވަނީ ދުނިޔެއަށް ދަތި ދުވަސްވަރަކާ ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ އުފެދުނު ވެރިކަންވެސް ތިން އަހަރު ފުރިހަމަ ނުވަނީސް ނިމުނީ ކަމަށާއި އަދި މި ސަރުކާރު އައިސް މަސައްކަތްތައް ފެށުމަށް ރަނގަޅަށް ތައްޔާރުވިތަނުން ކޮވިޑު19 އާއި ދިމާވީ ކަމަށެވެ.
މޫސަ ވިދާޅުވީ، މި ހާލަތުގައި ވެސް މި ސަރުކާރުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައި ކަމަށާއި، އެގޮތުން، ރާއްޖޭގެ ރަށްރަށުގައި ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް އެދަނީ ގާއިމުވެ ނިމެމުން ކަމަށް ވިދާޅުވިއެވެ.
އަދި މާލޭގައި ތިބޭ މީހުންނަށް އަތޮޅު ތެރޭގައި ހިނގާ ތަރައްގީގެ ކަންކަން ނުފެނުނުނަމަވެސް، ރަށްރަށުގައި ހިނގާ ތަރައްގީ ރައްޔިތުން ބަލައިގަންނަކަން، ރައީސް ޞާލިޙް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ރައްޔިތުންކިޔާ މަރުހަބާއިން އެނގިގެން ދާކަމަށް ރީކޯ ވިދާޅުވިއެވެ.
ރީކޯ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެމްޑީޕީން މިވަނީ ދިވެހި ރައްޔިތުންނަށް ރަންޒަމާނެއް ގެނެސްދީފައި ކަމަށެވެ. އެގޮތުން، ރައީސް ޞާލިޙް މިހާރު ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ކުރިޔަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރަން ފަސޭހަ ވެގެންދާނެ ކަމަށްވެސް ރީކޯ ވިދާޅުވިއެވެ.
ރީކޯ މިފަދައިން ވިދާޅުވިއިރު، އޭނާ ފާހަގަ ކުރެވިފައިވަނީ ޕާޓީން ބޭރުގައި ހުންނެވިއިރުވެސް ރައީސް ޞާލިޙަށް ވަރަށްބޮޑަށް ތާއީދުކުރަށްވާ އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު