އެމްޑީޕީއަށް ތާއީދު އިތުރުކުރުމަށް ދާދިފަހުން އެ ޕާޓީއާ ގުޅިވަޑައިގަތް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ތިމަރަފުށްޓަށް ވަޑައިގެންފިއެވެ.
ޝަރީފް ތިމަރަފުށްޓަށް ކުރެއްވި ޒިޔާރަތުގައި ތިމަރަފުށީގެ ޖަމުއިއްޔާއެއް ކަމަށްވާ "ޓިއަރ - ތިމަރަފުށީ އެކުވެރިންގެ އާރޫހް"އާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޝަރީފް ވަނީ އެ ޖަމުއިއްޔާ ހިންގުމަށް ކުރިމަތިވެފައިވާ ދަތިތައް އަޑު އައްސަވާ އެ ދަތިތައް ވީ ވަރަކުން ފިލުވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ޝަރީފް ތިމަރަފުށްޓަށް ކުރަށްވާ މިދަތުރުގެ ތެރެއިން އެ ރަށުން އެމްޑީޕީއަށް މެމްބަރުން އިތުރުކުރުމަށް ގިނަ ބަޔަކާއި ބައްދަލުކުރަށްވައި މަޝްވަރާތަކެއްކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ތިމަރަފުށިން އެމްޑީޕީއަށް އޮތް ތާއީދު އިތުރުކުރުމަށް ޝަރީފް މަސައްކަތްކުރަމުންދާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން އަންނަނީ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު