ރާއްޖެއާއި އަވައްޓެރި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ، ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާ ދެމެދުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
"ނޯ މަނީ ފޯ ޓެރަރިޒަމް" ނަމުގައި އިންޑިއާގެ ދިއްލީގައި މިހާރު ކުރިއަށްދާ ކައުންޓާ ޓެރަރިޒަމް ފައިނޭންސިންގ ކޮންފަރެންސްގެ ހަވާސާގައި ދެ ބޭފުޅުން ބޭއްވި ބައްދަލުވުމަށްފަހު ބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު މިއަދު ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރު ހަރުފަތަކަށް ކުރިއަށް ގެންގޮސް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި "ނޯ މަނީ ފޯ ޓެރަރިޒަމް" ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެ ތަމްސީލު ކުރުމަކީ ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެ އޮތްކަން ކަށަވަރު ކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރުގެ އިތުރުން އެ ގައުމުގެ ހޯމް މިނިސްޓަރު އަމިތު ޝާހްއާވެސް މިނިސްޓަރު އިމްރާން ވަނީ ބައްދަލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު