މި ވެރިކަން ވައްޓާލަން އުޅޭ ކޮންމެ މީހަކީ އެމްޑީޕީގެ މެންބަރުންނަށް ގައްދާރުވާ މީހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަތީފު ދެއްކެވި ވާހަކައަކަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ޝިފާ މުޙައްމަދު ދެއްވި ރައްދަކާއި ގުޅުވައިގެނެވެ.
ބަޖެޓުގެ ބޭރުން ސަރުކާރުން ހަރަދު ކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމުން އެ ތަފްސީލު ހޯދުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށައެޅުއްވި ހުށައެޅުން ފާސް ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ސާފު މެޖޯރިޓީ އޮތް ބަޖެޓް ކޮމެޓީން ނިންމުމުން އެކަން ކުށްވެރި ކުރައްވާ ޙަސަން ވަނީ އެކަން އެގޮތަށް ނުކުރުމަށާއި އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ގެއްލުވާ ނުލުމަށް އެދިވަޑައިގެންފައެވެ.
ޙަސަންގެ އެ ޓްވީޓާއި ގުޅިގެން ޝިފާ ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރެއް ނެތްކަމަށާއި އެމްޑީޕީއަކީ ރައްޔިތުންގެ އިތުބާރު ނެތް ޕާޓީއަކަށް ހެދުމަކީ ސަރުކާރާއެކު އިއްތިހާދުވެ އޮތް ޕާޓީތަކުން ބޭނުންވި ގޮތް ކަމަށް ވިދާޅުވެފައެވެ.
ޝިފާގެ މި ވާހަކައާއި ގުޅިގެން ޝިފާއު މިއަދު ވިދާޅުވީ، މި ވެރިކަމަކީ އެމްޑީޕީގެ މެންބަރުންގެ ދެލޮލުގެ ކޮއި ކަމަށެވެ. އަދި މި ވެރިކަން ވައްޓާލުމުގެ މަސައްކަތުގެ ކޮންމެ ބައިވެރިޔަކީ ޕާޓީގެ މެންބަރުންނަށް ގައްދާރުވާ މީހެއް ކަމަށް ވެސް ޝިފާއު ވަނީ ވިދާޅުވެފައެވެ.
ޝިފާއު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާ އަކީ އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން ރައީސް ޞާލިޙްގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. އެއާއި ހިލާފަށް ޝިފާ އާއި ޙަސަން ލަތީފަކީ ވެސް ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާ ދެ މެންބަރުންނެވެ. މި ދެ ފެކްޝަންގެ މެންބަރުންގެ މެދުގައި މިފަދަ ބަހުގެ ހަމަލާތައް ބަދަލު ކުރުމަކީ މިފަހުން އާންމު ވެފައިވާ ކަމެކެވެ.

Miverikamakee MDP memberunge dheloluge koe. Miverikamaa vahtaalumuge massahkathuge kohmebaiveriyakee mi party ge memberunah gahdhaaruvaa meeheh. https://t.co/lsAIA4F1MG
— Mohamed Shifau (@mhshifau) November 19, 2022
ޝިފާއު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާ އަކީ އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން ރައީސް ޞާލިޙްގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. އެއާއި ހިލާފަށް ޝިފާ އާއި ޙަސަން ލަތީފަކީ ވެސް ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާ ދެ މެންބަރުންނެވެ. މި ދެ ފެކްޝަންގެ މެންބަރުންގެ މެދުގައި މިފަދަ ބަހުގެ ހަމަލާތައް ބަދަލު ކުރުމަކީ މިފަހުން އާންމު ވެފައިވާ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު