ވޯލްޑް ކަޕަށް ގަތަރުން ވަމުންދާ ތައްޔާރީތަކާއެކު އެ ގައުމުން ދަނީ އިސްލާމީ ދުނިޔެއަށް ނަމޫނާ ދައްކަމުންކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ ވޯލްޑް ކަޕްގެ ތެރެއިން އިސްލާމް ދީނާއި ހިލާފު އެއްވެސް ކަމެއް ނުކުރެވޭނެކަން ގަތަރުން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ފަރާތްތަކުން އެކަމަށް ފާޑުކީނަމަވެސް، ގަތަރުން އެއްވެސް ވަރަކަށް އެ ފާޑު ކިޔުންތަކަކަށް ނުބަލައެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވީ ވޯލްޑްކަޕް ސްޓޭޑިއަމްތަކުގައި ރާ ނުވިއްކޭނެކަމާއި، ފާޑުފާޑުގެ އެއްޖިންސުން ގުޅުންހިންގުމަށް ހިތްވަރުދޭ ޝިޢާރުތައް ނުފެތުރޭނޭކަން ބަޔާންކޮށް ގަތަރުން އެދެއްކީ އެހެނިހެން އިސްލާމީ ގައުމުތަކަށް ނަމޫނާއެއްކަމަށެވެ. އަދި ހުޅަނގުން އެދޭ ހުރިހާކަމަކަށް ދީލާނުލައިވެސް އުޅެވޭނެކަމާއި އުޞޫލްތަކުގައި ހިފެހެއްޓޭނެކަން ގަތަރުން ސާބިތުކޮށްދީފި ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.
ރާއްޖެއަށް އިޝާރާތްކުރައްވައި ޒައިދު ވިދާޅުވީ ވޯލްޑް ކަޕް ފެށޭއިރު، ރާއްޖޭގައިވެސް ގިނަ ތައްޔާރީތަކެއް ވާތަން އެބަ ފެންނަކަމަށެވެ.
"ބޮޑު ސްކްރީނުތައް ބެހެއްޓި ޖޯޒީވެސް އެބަހިނގާ." ޒައިދު ވިދާޅުވިއެވެ.
ޒައިދު ވަނި މެޗްތައް ބެލިޔަސް ނަމާދު ވަގުތުތަކަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ނަމާދު އަޅައިފައި މެޗު ބަލަން ނުތިބުމަށާއި ދީނީ ވާޖިބުތަކަށް ފަރުވާކުޑަ ނުކުރުމަށް ޒައިދު ނަސޭހަތްތެރިވިއެވެ.

ވޯލްޑްކަޕް ސްޓޭޑިއަމްތަކުގައި ރާ ނުވިއްކޭނެކަމާއި، ފާޑުފާޑުގެ 1ޖިންސުޝިޢާރުތައް ނުފެތުރޭނޭކަން ބަޔާންކޮށް ގަތަރުންއެދެއްކީ އެހެނިހެން އިސްލާމީ ގައުމުތަކަށް ނަމޫނާއެއް! 👏👏👏 ހުޅަނގުން އެދޭ ހުރިހާކަމަކަށް ދީލާނުލައިވެސް އުޅެވޭނެކަމާއި އުޞޫލްތަކުގައި ހިފެހެއްޓޭނެކަން ސާބިތުވެއްޖެ!
— Ali Zaid (@alizaid1000) November 19, 2022
ރާއްޖެއަށް އިޝާރާތްކުރައްވައި ޒައިދު ވިދާޅުވީ ވޯލްޑް ކަޕް ފެށޭއިރު، ރާއްޖޭގައިވެސް ގިނަ ތައްޔާރީތަކެއް ވާތަން އެބަ ފެންނަކަމަށެވެ.
"ބޮޑު ސްކްރީނުތައް ބެހެއްޓި ޖޯޒީވެސް އެބަހިނގާ." ޒައިދު ވިދާޅުވިއެވެ.
ޒައިދު ވަނި މެޗްތައް ބެލިޔަސް ނަމާދު ވަގުތުތަކަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ނަމާދު އަޅައިފައި މެޗު ބަލަން ނުތިބުމަށާއި ދީނީ ވާޖިބުތަކަށް ފަރުވާކުޑަ ނުކުރުމަށް ޒައިދު ނަސޭހަތްތެރިވިއެވެ.
ކިޔުންތެރިންގެ ހިޔާލު