ޕާޓީ ހިންގަން ކުރަންޖެހޭ ކަންކަން އެމްޑީޕީން ކުރަމުންދާނެކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ ދުރުގައި އަހަތުތަކެއް ވަންދެން ހުންނެވުމަށްފަހު މޫސަ ވަނީ އެމްޑީޕީއާ އަނެއްކާވެސް ގުޅިވަޑައިގެންފައެވެ. އޭގެފަހުން ރީކޯ ގެންދަވަނި ވަރަށްބޮޑަށް އެމްޑީޕީ ދިފާއުގައި ވާހަކަދައްކަވަމުންނެވެ.
"ހިންގާލަން އަައި ފެކްޝަނުން" މިހާތަނަށް އެއްވެސް ކަމެއް ހިންގާލާފައި ނުވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މޫސަ މިއަދު ވިދާޅުވީ އެމްޑީޕީން ހަރުގެ ވެސް ހުޅުވާނެކަމަށާއިި ކަންމަތީ ޖަލްސާއާއި ބޮޑު ޖަލްސާވެސް ބާއްވާނެކަމަށެވެ.
މޫސާ ވިދާޅުވީ އިންތިޚާބަކަށް ކުރިމަތިލީމަ ޕާޓީ ހިންގަން ކުރަންޖެހޭ ހުރިހާކަމެއް އެމްޑީޕީން އަދިވެސް ކުރާނެކަމަށެވެ. އަދި އެކަމަކީ ވަކި މީހަކު ނެތިގެން، ވަކި މީހަކު ހުރެގެން ކުރާ ކަމެއް ނޫންކަމަށާއި އެއީ ވަކި މީހަކަށް ކޮށްދޭންޖެހޭ ކަމެއްވެސް ނޫންކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިގެން އުޅޭއިރު، އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. އެގޮތުން އެމްޑީޕީ ހިންގާލަން އައި ފެކްޝަނަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ޓީމް ނުވަތަ ފެކްޝަނުން ވިއްކި ޝިޢާރެވެ.

MDP ހަރުގެ ވެސް ހުޅުވާނެ ކަންމަތީ ޖަލްސާވެސް ބާއްވާނެ ބޮޑުޖަލްސާވެސް ބާއްވާނެ،
— Moosa Maniku (Reeko) (@ReekoMoosa) November 19, 2022
އިންތިޚާބަކަށް ކުރިމަތިލީމަ ޕާޓީގަ ހިންގަނޖެހޭ ހުރިހާކަމެއް MDP އަދިވެސް ކުރާނެ، އެކަމަކީ ވަކިމީހަކުނެތިގެން ވަކިމީހަކުހުރެގެން ކުރާކަމެއްނޫން އެއީ ވަކިމީހަކަށްކޮށްދޭނޖެހޭކަމެއްވެސްނޫން
މޫސާ ވިދާޅުވީ އިންތިޚާބަކަށް ކުރިމަތިލީމަ ޕާޓީ ހިންގަން ކުރަންޖެހޭ ހުރިހާކަމެއް އެމްޑީޕީން އަދިވެސް ކުރާނެކަމަށެވެ. އަދި އެކަމަކީ ވަކި މީހަކު ނެތިގެން، ވަކި މީހަކު ހުރެގެން ކުރާ ކަމެއް ނޫންކަމަށާއި އެއީ ވަކި މީހަކަށް ކޮށްދޭންޖެހޭ ކަމެއްވެސް ނޫންކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިގެން އުޅޭއިރު، އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. އެގޮތުން އެމްޑީޕީ ހިންގާލަން އައި ފެކްޝަނަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ޓީމް ނުވަތަ ފެކްޝަނުން ވިއްކި ޝިޢާރެވެ.
ކިޔުންތެރިންގެ ހިޔާލު